މިރޭ އިޓަލީ ލީގުގައި އޭނާގެ ކޯޗުކަމުގެ ދަށުން ޔުވެންޓަސް ފުރަތަމަ މެޗަށް ނުކުންނައިރު މެޗު ފަސޭހަ ނުވާނެކަމަށް އެޓީމުގެ ކޯޗު އަންދްރޭ ޕިރްލޯ ބުނެފިއެވެ.
ޕިރްލޯ ބުނީ ޓީމު އޮތީ އޭނާގެ އައު ސިސްޓަމަށް މުޅިން ހޭނިފައިކަމަށާއި އޭނާގެ ޕްލޭނަކީ ބޯޅަ ކޮންޓްރޯލްކޮށްގެން އެޓޭކިން ފުޓްބޯޅައެއް ކުޅުންކަމަށެވެ. މެޗަށް ނުކުންނަނީ މެޗު އުނދަގޫވާނެކަމަށް ދެކިގެންކަމަށާއި ސަބަބަކީ އިދިކޮޅު ޓީމުގައި މޮޅު ކޯޗެއް ހުރުންކަމަށް އިޓަލީގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ބުންޏެވެ.
އޭނާގެ ދިގު ކެރިއެރުގެ ސަބަބުން މެޗަށް ނުކުންނައިރު ސަމްޕްޑޯރިއާއަށް އޭނާގެ ތަޖުރިބާގެ ފައިދާ ކުރާނެކަމަށް ރަނިއެރީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕިރްލޯ ބުންޏެވެ. ޔުވެންޓަސްގެ ކޯޗު ބުނީ އިދިކޮޅު ޓީމުން ކައުންޓަ އެޓޭކްތައް ވެސް ހުއްޓުވަން ޓީމު އޮތީ ތައްޔާރަށް ކަމަށާއި ފަހަރުގައި އެޓީމުން ޔުވެންޓަސް ހުއްޓުވަން އެހެން ގޮތްތަކެއްވެސް ރާވަފާނެކަމަށެވެ.