ކުޅިވަރު

އަނިޔާވެގެން ފްރެންޗް އޯޕަން ޓެނިސް މުބާރާތުން ސެރީނާ ވަކިވެއްޖެ


މިހާރު ކުރިޔަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ސްވެޓުނާ ޕިރޮންކޯވާ ވާދަކުރަން އޮތް މެޗުގެ ކުރިން އަނިޔާވެ ސެރީނާ ވިލިއަމްސް އަށް މުބާރާތް ނިމިއްޖެއެވެ.

އޭނާ އަށް އަނިޔާވީ މެޗަށް ތައްޔާރުވުމުގެ ކުރިން ބޭއްވި ފައިނަލު ވާމްއަޕްގައެވެ. ސެރީނާ ބުނީ މެޗުގެ ކުރިން ވޯމްއަޕަށް ނުކުތް އިރުވެސް އޭނާ ފިޓްނޫންކަން އެނގުނު ކަމަށާއި އެހެންވެ އެވަގުތުން ފެށިގެން އެނާ ޑޮކްޓަރުންގެ ޓީމާ ވާހަކަ ދައްކަމުން ދިޔަކަމަށެވެ. އަދި ފަހުން އެ އަނިޔާގެ ސަބަބުން އޭނާއަށް ހިނގަން އުނދޫގާވާ ހިސާބުން މުބާރާތުން ވަކިވާން ނިންމީކަމަށެވެ. އޭނާގެ އަނިޔާ ސީރިޔަސްވެ ފަހަރުގައި މިސީޒަން އެއްކޮށް ފަރުވާ ހޯދަން ޖެހިދާނެކަމަށް ވެސް ސެރީނާ ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް ޕެރިހުގައި ކުޅުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މުބާރާތުގައި ރަނގަޅު މަސައްކަތެއް ކުރަން ބޭނުންވި ކަމުގައި ވިޔަސް މިފަހަރު އަނިޔާވުމުގެ ސަބަބުން އެކަން ފުރިހަމަ ނުވީކަމަށެވެ. މިހާތަނަށް ޓެނިހުގެ ބޮޑު 23 މުބާރާތެއް ކާމިޔާބުކޮށްފައިވާ ސެރިނާއަށް އަނިޔާގައި ހުރެ މިމަހު ބޭއްވި ޔޫއެސް އޯޕަން ޓެނިސް މުބާރާތުން ސެމީ ފައިނަލުގައި ބަލިވެފައެވެ.