ޚަބަރު

މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަދަނީ ތަހްގީގުކުރަމުން - ފުލުހުން


މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު ބިދޭސީ މީހާގެ މައްސަލަ ފުލުހުން ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭގެވަގުތެއްގައިކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ ކޯޓުން ދޫކޮށްލާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. ކޯޓުން އޭނާ ދޫކޮށްލިނަމަވެސް މިމައްސަލަ ފުލުހުން ތަޙުގީގުކުރަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ބިދޭސީއަކު މާލޭގެ މަގުމަތީގައި މަސްތުގެ ޙާލަތުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.