ކުޅިވަރު

100 ޕްލަސް ތިންވަރު ޓްރައިތެލޯންގެ މީޑިޔާ ޕާޓްނަރަކަށް ޕީއެސްއެމް


ހަންޑްރެޑް ޕްލަސް " ތިންވަރު " ޓްރައިތެލޯންގެ މީޑިޔާ ޕާޓްނަރަކަށް ޕީއެސްއެމް
ހަމަޖައްސައިފިއެވެ.

 ޕީއެސްއެމް މި ޓްރައިތެލޯންގެ މީޑިޔާ ޕާޓްނަރަކަށް ހަމަޖައްސާ
މިއަދު ވަނީ ޕީއެސްއެމްއާއި ދަ މީޑިޔާ ހައުސްއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ޕީއެސްއެމްގެ ފަރާތުން މިއެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ
އާމިނަތު ޝާޔަން ޝާހިދުއެވެ. އަދި މީޑިޔާ ހައުސްގެ ފަރާތުން މިއެމްއޯޔޫގައި ސޮއިކުރެއްވީ ހެޑް
އޮޕް ޕްރޮޖެކްޓްސް އާތިފް ހުސެއިންއެވެ. އެމްއޯޔޫގައި ސޮއިކުރެއްވުމަށްފަހު މީޑިޔާ ހައުސްގެ
ހެޑް އޮޕް ޕްރޮޖެކްޓްސް އާތިފް ހުސެއިން ވިދާޅުވީ މި ޓްރައިތެލޯންއަކީ ދުޅަހެޔޮ
ސިއްހަތެއްގައި މީހުން ބޭތިއްބުމަށް ހަންޑްރެޑް ޕްލްސްއާއި، މީޑިޔާ ހައުސް ގުޅިގެން
ކުރިއަށްގެންދާ އިވެންޓެއްކަމަށެވެ.



"
އަޅުގަނޑުމެން މިކަން އިންތިޒާމު ކޮށްފައިވާނީ 400 މީޓަރު ފަތާފަ، 10 ކިލޯ މީޓަރަށް ބައިސްކަލް ދުއްވާފަ، އަދި 7.5 ކިލޯމީޓަރަށް ދުވެފަ ނިންމާގޮތަށް. މިއިވެންޓް ފެށޭނީ ވެސްޓްޕާކް ސަރަހައްދުން. ނިމޭނީ ރާޅުގަނޑު ސަރަހައްދަށް. މައިގަނޑު ގޮތެއްގައި ދުޅަހެޔޮ ސިއްހަތެއްގައި
މީހުން ބޭއްތިބުމަށްޓަކައި ކޮންމެވެސް ކަހަލަ ކުޅިވަރެއް ބޭނުންކޮށްގެން
މިކަންކުރުމަށް މިއިވެންޓް މިކުރިއަށް ގެންދަނީ"



މިޓްރައިތެލޯން ކުރިއަށްދާ މަގުތައް، ފުލުހުންނާ މަޝްވަރާ ކުރުމަށްފަހު
ވަރަށް އަވަހަށް އެނގިގެންދާނެކަމަށާއި، މިއަންނަ މަހުގެ 16 ވަނަ ދުވަހު ހަވީރު
ފެށުމަށް ހަމަޖެހިފައިވާ މިޓްރައިތެލޯންގެ އިވެންޓްތައް އެރޭވެސް
ކުރިއަށްދާނެކަމަށް އާތިފް ހުސެން ވިދާޅުވިއެވެ. ކުޑަކުދިންގެ ހަވީރެއް ސޯޅަވަނަ
ދުވަހު ހަވީރު ކުރިއަށްދާއިރު، އެރޭ މިއުޒިކް ޝޯއެއް ކުރިއަށްގެންދިއުމަށް
ހަމަޖެހިފައިވެއެވެ. ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ
ދުޅަހެޔޮ ސިއްހަތެއްގައި މީހުން ބޭއްތިބުމަށް މިކުރާ މަސައްކަތުގައި
ޕީއެސްއެމްއިން ބައިވެރިވަނީ އެއީ ކުންފުނީގެ ޒިންމާއެއްކަމަށް ދެކިގެންކަމަށެވެ.



" އަޅުގަނޑުމެން ވަރަށް ހާއްސަކަމެއްދެން ޒުވާނުން، މުޖްތަމަޢުގައި ދުޅަހެޔޮ
ސިއްހަތެއްގައި ބެހެއްޓުމަށް. ޤައުމުގައި ކުރިއަށްގެންދާ ހަރަކާތްތަށް، ލައިވްކޮށް
ދެއްކުމާ، މިފަދަ ކަންތަށްތައް އަޅުގަނޑުމެން ކަވާރކުރަމުންދަނީ ކުންފުނީގެ
ޒިންމާއެއްކަމަށް ދެކިގެން"



އާމިނަތު ޝާޔަން ޝާހިދު އިތުރަށް ވިދާޅުވީ ކުރިއަށްއޮތްތާނގައިވެސް މިފަދަ
ކަންތައްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމް އޮންނާނީ
ތައްޔާރަކަމަށެވެ.