މާލޭ ގެއެއްގެ
ފަސްވަނަ ފަންގިފިލާއިން މިއަދު ވެއްޓުނު ދިހަ އަހަރުގެ ފިރިހެން ކުއްޖާއަށް
ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
އައިޖީއެމް
ހޮސްޕިޓަލުން ބުނީ އެކުއްޖާއަށް އިމަރޖެންސީގައި ފަރުވާ ދެމުންދަނިކޮށް ނިޔާވީ
މިރޭ އަށްގަޑި ސާޅީސް ފަހެއްއެހާކަންހާއިރުކަމަށެވެ. ހޮސްޕިޓަލުން ބުނީ އެކުއްޖާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހޭނާރާ ކަމަށެވެ.
މަޖީދީ މަގު އެލް މޯބައިލް ފިހާރަ ހުންނަ ސަރަހައްދުގައި
ހިނގި މިހާދިޘާ ތަހްޤީޤްކުރަމުން އަންނަ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.