ކުޅިވަރު

ބޫޓާނާ ރާއްޖެ ބައްދަލްކުރާ މެޗް ޓީވީއެމްއިން ވަގުތުން




ބޫޓާނަކީ
ދެރަ ޓީމެއްގެ ގޮތުގައި ދެކިގެން މިއަދުގެ މެޗަށް ނުނިކުންނާނެކަމަށް ޤައުމީ
ޓީމުގެ ކޯޗް ރިކީ ހާބަޓް ބުނެފި.



ވަރލްޑް
ކަޕް ކޮލިފައިންގައި ބޫޓާންއާ ދެކޮޅަށް ދިވެހި ރާއްޖެ ކުޅެން ޖެހޭ މެޗްގެ ކުރިން އޮތް
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ރާއްޖޭގެ ކޯޗް ރިކީ ހާބަޓް ބުނީ
ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު އަދި އެހާބޮޑަށް ނޭނގޭކަމަށާއި، ގިނަ
ކުޅުންތެރިންވެސް ރަނގަޅަށް އަދި ފަރިތަނުވާކަމަށެވެ. އެހެންނަމަވެސް ބޫޓާނަކީ ބަލި
ޓީމެއްގެ ގޮތުގައި ދެކިގެން މެޗަށް ނުކުމެއްޖެނަމަ ނަތީޖާ ގޯސްވެދާނެކަމަށް ހާބަޓް
ބުންޏެވެ. ތަނުގެ މާހައުލުގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރެއް ޓީމަށް
ކޮށްފާނެކަމަށާ އެހެންނަމަވެސް ރީތި މެޗެއް ދެ ޓީމުގެ ފަރާތުންވެސް
ފެނިގެންދާނެކަމަށް އުއްމީދުކުރާކަމަށް ހާބަޓް ބުންޏެވެ.

މެޗަށް
ނިކުންނައިރު ޑިފެންޑަރ އަމްދާން އަލީއާއި ސަމްދޫހު މުޙައްމަދު ތިބީ އަނިޔާގައެވެ. ބޫޓާން
ކޯޗް ނޮރިއޯ ސުކާޓާ ބުނީ ޓީމުގައި މިވަގުތު ތިބީ ވަރަށް ޒުވާން ކުޅުންތެރިން
ތަކެއް ކަމަށާ ޓީމުގެ ކުޅުންތެރިންނާ ދޭތެރޭ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ރާއްޖެއަކީ ބޫޓާނަށްވުރެ ރަނގަޅު ޓީމެއްނަމަވެސް ކުޅުންތެރިންގެ ފަރާތުން ސަތޭކަ
ޕަސެންޓް ކުޅުން ދައްކައިފިނަމަ ރަނގަޅު ނަތީޖާއަކާ ހަމަޔަށް ދެވިދާނެކަމަށް
ބޫޓާންގެ ކޯޗް ސުކާޓާ ބުނި.ވާލްޑް
ކަޕް ކޮލިފައިންގައި ދިވެހި ރާއްޖެއާ ބޫޓާން ބައްދަލުކުރާ މެޗް ފަށާނީ
ރާއްޖެގަޑިން މިއަދު ހަވީރު 5ގަޑި ސުންމިނެޓްގައެވެ. މިމެޗު ޕީއެސްއެމްގެ ޓީވީއެމްއިން ވަގުތުން
ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.