ކުޅިވަރު

އަޝްފާގުގެ ހެޓްރިކާއެކު ބޫޓާންގެ މައްޗަށް ރާއްޖެ ކުރިހޯދައިފި


   އަޝްފާގު ހެޓްރިކާއެކު ބޫޓާންގެ މައްޗަށް ރާއްޖެ
ކުރިހޯދައިފި. ވަރލްޑްކަޕް ކޮލިފައިންގައި މިއަދު ބޫޓާންގައި ބޫޓާންއާ
ރާއްޖެވާދަކުރިމެޗް ރާއްޖެ ކާމިޔާބުކުރީ ހަތަރު ލަނޑު ތިންލަނޑުންނެވެ. މެޗްގެ ފުރަތަމަ
ލަނޑު 10ވަނަ މިނެޓްގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ އަހުމަދު ނާޝިދުއެވެ. ފުރަތަމަ
ހާފް ނިމުމުގެ ކުރިން ކެޕްޓަން އަލީ އަޝްފާގު ދެލަނޑު ޖަހާ ރާއްޖެއަށް ލީޑު
ފުޅާކޮށްދިނެވެ. އަޝްފާގުގެ ހެޓްރިކް އަދި ރާއްޖޭގެ ހަތަރުވަނަ ލަނޑު މިމެޗްގެ
ދެވަނަ ހާފްގައި ކާމޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗްގެ ދެވަނަ ހާފްގައި
ބޫޓާނުން ކުޅުން ރަނގަޅުކޮށް ތިންލަނޑު ޖެހިއެވެ. ބޫޓާންގެ ތިންލަނޑު ފެނިގެންދިޔައީ
ހަ މިނިޓްގެ ތެރޭގައެވެ. މެޗަށްފަހު ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު ބުނީ
މިމެޗްގައި ހެދުނު ގޯސްތައް ކުރިއަށް ހުރިމެޗްތަކުގައި ރަނގަޅު ކުރާނެ ކަމަށެވެ.
އަދި ފަހު ވަގުތު ގާތް ގާތު ގިނަ ގޯލްތަކެއް ބައިކޮޅަށް ވަނީ ކޮންސެންޓްރޭޝަން
ދަށްވުމުން ކަމަށްވެސް އަޝްފާގު ބުންޏެވެ. ވަރލްޑްކަޕް ކޮލިފައިންގައި ރާއްޖެ ދެން
ނިކުންނާނީ ޤަތަރާ ދެކޮޅަށެވެ. މިމެޗް ކުޅޭނީ ޤަތަރުގައެވެ. ރާއްޖެއާ ޤަތަރު ރާއްޖޭގައި ކުުޅުނު މެޗް ޤަތަރު ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.