ވެލާނާގޭ ހަތަރުވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން އެމްއެމްޕީއާރުސީ އޮފީސް ފުލުހުން ބަލާ ފާސްކޮށްފިއެވެ. ފުލުހުން ބުނީ ރޭ އެމްއެމްޕީއާރު އޮފީސް ބަލާ ފާސްކޮށްފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށެވެ. އެއޮފީހުން ފުލުހުން ވަނީ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފުލުހުން އެމްއެމްޕީއާރުސީ ބަލާ ފާސްކުރިއިރު އެތަނުގައި އެމްއެންޑީއެފްގެ ބޭފުޅުންވެސް ޙަރަކާތްތެރިވަމުންދިޔައެވެ. މީގެއިތުރުން ރޭ ފުލުހުންވަނީ މާފަންނު ޝުރާމަންޒިލްވެސް ކޯޓު ޢަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައި. އަދި އެގެއިން ބައެއްތަކެތިވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.