ކުޅިވަރު

3ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަންނަ މަހުގެ ކުރީކޮޅު ބާއްވަނީ


3ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިއަންނަ މަހުގައި ފެށުމަށް ނިންމާފައިވާކަމަށް އެފްއޭއިން ބުނެފިއެވެ. އެފްއޭއެމްއިން 3ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނި މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ.

އެފްއޭއެމްގެ ކޮމްޕެޓީޝަންސް ޑިޕާޓްމަންޑުގެ ހެޑް އިސްމާއިލް ރިޔާޒް ވިދާޅުވީ ކޮމިޝަނާރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ކޮވިޑަށް ފައްސިވުމުން، ބައެއް ޓީމްތަކަށް ލިޔެކިއުންތައް ހުށައެޅުމަށް ދަތިތަކެއް ދިމާވެފައިވާތީ، އެޓީމުތަކަށް ލިއެކިއުންތައް ފުރިހަމަ ކުރުމަށް ވަގުތު މިހާރު ދީފައިވާކަމަށެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ކަރަންޓީނުގެ މުއްދަތު ނިންމާ އޮފީސްހަށް ނިކުތުމުން، އެއިދާރާއިން ފުރިހަމަ ކުރަންޖެހޭ ލިޔެކިއުންތައް ފުރިހަމަ ކުރުމަށް ޓީމްތަކަށް ވަގުތު ދީފައިވީނަމަވެސް، މުބާރާތުގައި ބައިވެރިވުމުމަކަށް އެއްވެސް ފުރުސަތެއް ދީފައިނުވާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

3ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ސުންގަޑި ހަމަވީއިރު މުބާރާތުގައި ބައިވެރިވެފައިވަނި 22 ޓީމެވެ. އަދި މި22 ޓީމްގެ ތެރެއިން މިހާރު މުއިވެޔޮ ސްޕޯޓްސް ކުލަބުން ނަން ނަގާފައިވުމުން 3ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް މިހާރު ކުރިއަށްދާނީ 21 ޓީމާއެކުކަމަށްވެސް އެފްއޭއެމްގެ ކޮމްޕެޓިޝަންސް ޑިޕާޓްމަންޑުގެ ހެޑް އިސްމާއިލް ރިޔާޒް ވިދާޅުވިއެވެ. އަދި ޓީމްތަކުގެ ލިއެކިއުންތައް ހަމަކުރުމަށް މިހާރު ވަނީ މިމަހުގެ 17 ނިޔަލަށް ވަގުތު އިތުރުކޮށްފައެވެ. މިދިޔަ އަހަރުގެ 3ވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް ކެންސަލްކުރީ ކޮވިޑް19ގެ ސަބަބުންނެވެ.