މ އަތޮޅު މުލީގައި ފެތުރެމުންދާ ވައިރަލް ފީވާ އާއި ރޯގާ ކޮންޓްރޯލް ވަމުންދާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.ޕިއެސްއެމްއަށް މައުލޫމާތުދެމުން އެހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި އިސްމާއިލް ސޯދިގް ވިދާޅުވީ މީގެ ހަފްތާއެއް ކުރިން ވައިރަލްފީވާ އާއި ރޯގާ ޖެހިގެން ގިނަ އަދަދަކަށް މީހުން ޑޮކްޓަރަށް ދައްކަން އައިކަމަށާއި އެހެންނަމަވެސް މިހާރު އެއަދަދު މަދުވަމުންދާކަމަށެވެ. އަދި އެޑްމިޝަން ކޭސްތައް ވެސް ކުރިއާއި އަޅާބަލާއިރު މަދުކަމަށް އިސްމާއިލް ވިދާޅުވިއެވެ.އެ ހޮސްޕިޓަލުގައި، ވައިރަލް ފީވާރޖެހިގެން ގިނަ އަދަދެއްގެ މީހުން އެޑްމިޓްކުރަން ޖެހުމުގެ ސަބަބުން ހޮސްޕިޓަލް އެއްކޮށް ފުލްވެގެން ދިޔަކަމަށް އިސްމައިލް ސޯދިގް ވިދާޅުވިއެވެ. ނަމަވެސް ވައިރަލް ފީވާރ އާއި ރޯގާ ޖެހިގެން އެއްވެސް މީހަކު ސިރިއަސް ހާލަތަކަށް ގޮސްފައި ނުވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފަސްއަހަރުން ދަށުގެ ފަންސާސްއެއް ކުއްޖަކަށް ވައިރަލް ފީވާއާރ އާއި ރޯގާ ޖެހިގެން މ. އަތޮޅު މުލިން ރިޕޯޓްކޮށްފައިވެއެވެ.ފަސް އަހަރުން މަތީގެ ގާތްގަޑަކަށް 156 މީހަކަށް ވައިރަލް ފީވާއާއި ރޯގަ ޖެހިގެން މ އަތޮޅު މުލިން ރިޕޯޓްކޮށްފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތަކުންދައްކައެވެ.މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުން ވައިރަލް ހުމާއި ރޯގާ ފެތުރެމުންދާތީ މި ބަލިތަކުން ރައްކާތެރިވުމަށް ހެލްތް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.