ނައިބު ރައީސް
އަހުމަދު އަދީބުގެ އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން
ޕީޕީއެމްގެ ޕާލިމެންޓަރީ ގުރޫޕުން ތައްޔާރުވެއްޖެއެވެ.
ޕީޕީއެމްގެ
ޕާލިމެންޓަރީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ، ނައިބު ރައީސް އަހުމަދު އަދީބުގެ
އިތުބާރުނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ޕީޕީއެމްގެ މަޖިލިސް
މެމްބަރުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރަމުންދާކަމަށް. ނަމަވެސް އޭގެ
އެއްވެސް ތަފްސީލެއް އެމެމްބަރު ދެއްވާފައެއްނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާ
ނައިބުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރުމަށް މަޖިލީހުގެ
ތިންބައިކުޅަ ދެބައިގެ އަޤްލަބިއްޔަތު ބޭނުންވެއެވެ.