ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާއި ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލައިގަތް މަސް ބޯޓުގެ މައްސަލަ ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެން ބަލަމުން އަންނަކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އަދި މިމައްސަލަ މިހާރު ފުލުހުން ތަޙުގީގު ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
ނ.އަތޮޅުގައި އަޅާފައިވާ ބޮއިގެ އުތުރުން 30 މީޓަރު ބޭރުން ދާއަޅައިގެން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ސީޖީ ސްކޮޑްރަންގ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. އެބޯޓުގެ މަޢުލޫމާތު ކޯސްޓްގާޑްގެ އެމްއާރްސީސީއާއި ހިއްސާކޮށްފައިވަނީ އެސަރަޙައްދުގައި މަސްވެރިކަން ކުރަމުންދިޔަ އަސަރީ ދޯނިން ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ. އަދި މިހާރު މިމަސްބޯޓު ހދ.ކުޅުއްދުއްފުށީ ބަނދަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވައެވެ. މިބޯޓުގައި 8 މީހުން ތިބިކަމަށް އެމްއެންޑީއެފްއިން މަޢުލޫމާތު ދެއްވައެވެ. އެހެންނަމަވެސް މިއީ ކޮން ޤައުމަކަށް ނިސްބަތްވާ ބޯޓެއްކަން އެމްއެންޑީއެފްއިން ހާމައެއް ނުކުރައްވައެވެ.
#UPDATE: N. Atoll boe ge uthurun 30m beyrun 8 meehunnaa eku iyye fenun beyruge mas boat, MNDF NA CG Squadron ge belumuge dhashah genes, rey mendhamu 01:05 haairu HDh. Kulhudhuffuttah vany vahdhaafa. Mi massala sarukaaru ge kamaa gulhun huri idhaaraathakaa gulhigen dhany kuramun pic.twitter.com/7aaxb36lKr
— Maldives National Defence Force (@MNDF_Official) February 25, 2021
ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޙިމާޔަތްކުރުމަށް އެމްއެންޑީއެފްގެ ކޯސްޓުގާޑުން އަންނަނީ އަވައްޓެރި ޤައުމުތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދަކީ ބޮޑު ސަރަޙައްދަކަށްވުމުން ބެލެހެއްޓުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވީނަމަވެސް ކޯސްޓްގާޑުގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް މަސްކަނޑުތައް ޙިމާޔަތްކޮށް ކަނޑުގެ ސަރަޙައްދުގައި ހިނގާ އެންމެހާ ކުށް ހުއްޓުވުމަށް އެކި މުވައްސަސާތައް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން މިމަހުގެ ތެރޭގައި އެކަނިވެސް މިފަދަ ދެ އުޅަނދެއް ހުއްޓުވާފައިވެއެވެ.