ވިޔަފާރި

ޓީ-ބިލުގެ އިންޓްރެސްޓް ރޭޓް ދަށްކޮށްފި


ސަރުކާރުން ވިއްކާ ޓްރެޜަރީ ބިލްގެ އިންޓްރެސްޓް ރޭޓް 4.5
ޕަސެންޓަށް ދަށްކޮށްފިއެވެ. 



" ރަން ދިހަފަހެއް"  ގެ ނޫޓް ސީރީޒް ނެރުމުގެ
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު
އަބްދުﷲ ޖިހާދު ވިދާޅުވީ، ކުރިން ޓްރެޜަރީ ބިލު ވިއްކަމުންދިޔަ އިންޓްރެސްޓް ރޭޓް 9
ޕަސެންޓުން 4.5 ޕަސެންޓަށް އިއްޔެއިން ފެށިގެން ދަށް ކުރެވިފައިވާ ކަމަށެވެ. 



މިނިސްޓަރު ވިދާޅުވީ
ޓްރެޜަރީ ބިލުގެ އިންޓްރެސްޓް ރޭޓް ދަށް ކުރުމާއެކު ބެންކް ތަކުން ދޫކުރާ ލޯންތަކުގެ
އިންޓްރެސްޓް ރޭޓް ދަށްކުރަން މަޖުބޫރުވާނެކަމަށެވެ. އަދި  އިންޓްރެސްޓް
ރޭޓް ދަށްކޮށްފައިވަނީ ބޭންކްތަކާއި މަޝްވަރާކުރެއްވުމަށް ފަހު ކަމަށްވެސް
މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބޭންކުން ނަގާ ލޯންތަކުގެ އިންޓްރެސްޓް
ރޭޓް ދަށްވެ އޭގެ ފައިދާ ރަށްޔިތުންނަށް ކުރާނެކަމަށް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ. 



 ޓްރެޜަރީ ބިލަކީ  ނުވަތަ ޓީ ބިލަކީ ލޯނެކޭ އެއްގޮތަށް ކަނޑައެޅޭ ވަކި
މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހޭ އެއްޗެކެވެ.  އާންމުކޮށް ޓްރެޜަރީ ބިލް ވިއްކަނީ ލޯނަށް ވުރެ ކުރު
މުއްދަތަކަށެވެ.