ކުޅިވަރު

ޔޫވީ ބަލިކޮށް ގްރީން ސްޓްރީޓްސް ތާވަލްގެ ތިންވަނައަށް


ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް ގްރީން ސްޓްރީޓްސްއިން ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

މާލޭގައި ކޯވިޑްގެ ކޭސްތަށް އިތުރުވެ، މިދިޔަ މަހުގެ ތިންވަނަ ދުވަހު ޕްރިމިއަރ ލީގްގެ ކުޅުން ހުއްޓާލާގައިވާއިރު، ޕްރިމިއަރ ލީގްގެ ކުޅުން މިފަށާފައިވަނީ 50 ދުވަހަށްފަހުއެވެ. އެގޮތުން ރޭ ގްރީން ސްޓްރީޓްސްއިން ޔޫވީގެ މައްޗަށް ކުރި ހޯދާފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. ދެ ޓީމްގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމްއަށްވެސްވަނީ ލަނޑު ޖަހާނެ ރަގަނޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ. މިމެޗްގައި މުހައްމަދު އީސާ ވެންޗުން ފަށާފައިވާއިރު ކެޕްޓަން މުހައްމަދު އާރިފް ދެ ކާޑް ހަމަވުމުގެ ސަބަބުން މެޗްގައި ނުކުޅެއެވެ. މިޓްރާންސްފަރގައި ގްރީސް ސްޓްރީޓްސްއަށް ގުޅުނު ބިދޭސީ ޑިފެންޓަރު މަހުމޫދު ސައީދުވަނީ ފުރަތަމަ އެގާރައިއިގައި ހިމެނިގެން ކުޅެފައެވެ. މެޗްގެ ފުރަތަމަ ހާގްފައި ގްރީންއަށް ލަނޑު ޖަހާނެ އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އަންސަރު އިބްރާހިމަށެވެ. އޭރީޔާގެ ތެރޭގައި ހުރެފައި ޔޫވީގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އަންސަރު ފޮނުވާލި ބޯޅައިގައި ބާރެއް ނެތް އިރު، މިހަމަލާވަނީ ޔޫވީގެ ކީޕަރު ނާޖިހު އަލީ ދިފާޢުކޮށްފައެވެ.

ލީގްގެ އެހެން މެޗްތަކާއި ހިލާފަށް މިމެޗްގައި ޔުނައިޓަޑް ވިކްޓްރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ދެވަނަ ހާފްގައިވެސް ގްރީންގެ ހަސަން ނަޒީމް ގާސިމްއަށް ލަނޑު ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަޒީމް އޭރިޔާގެ ބޭރުގައި ހުރެފައި ފޮނުވާލި ހަމަލާ އަމާޒްވީ ގޯލްގެ ހުރަސްދަނޑިއަށެވެ. މެޗްގައި ޖެހި ހަމައެކަނި ލަނޑު ގްރީންއަށް ކާމިޔާބުކޮށްދީނީ މެޗްގެ 59 މިނެޓްގައި ހަސަން ނަޒީމް. ނަތީޖާ ބަދަލްކޮށްލުމަށް ޔޫވީއިންވަނީ ދެވަނަ ހާފްގައި އިސްމާއީލް އީސާ އާއި ހަސަން ރަޝީދުވެސް ކުޅެން އަރުވާފައެވެ. ނަމަވެސް އެޓީމަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ލީގްގައި މިހާތަނަށް ޔޫވީ 9 މެޗް ކުޅެފައިވާއިރު އެޓީމްއަށް ލިބިފައިވަނީ 3 ޕޮއިންޓްއެވެ. މިމެޗުން ލިބުނު 3 ޕޮއިންޓްއާއެކު 9 މެޗުން އެޓީމްއަށްވަނީ 14 ޕޮއިންޓް ލިބިފައެވެ. ލީގްގެ މެޗެއް ދެން ކުޅެވޭނީ މިއަން ހޯމަ ދުވަހުއެވެ. އެދުވަހު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ވާދަކުރާނީ ކުލަބް އީގަލްސް އާއި ދަ ގްރާންޑޭ އަދި ރޭގަނޑު މެޗްގައި ވާދަކުރާނީ ކުލަބް ވެލެންސިޔާ އާއި ގްރީން ސްޓްރީޓްސްއެވެ.