ހުޅުލެއާއި މާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ
މަސައްކަތް މިމަހުގެ 14 ވަނަދުވަހު ކޮންޓްރެކްޓަރާއި ހަވާލުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މުޢިއްޒު ވިދާޅުވީ
މިމަހުގެ 10 ވަނަދުވަހު ބިޑް ހުޅުވުމާއި ދިރާސާކުރުން ޗައިނާގައި ކުރިއަށް
ގެންދާނެކަމަށެވެ.
ބްރިޖްގެ ޢަމަލީ މަސައްކަތް ފެށުމަށް ދެޤައުމުގެ ދެމެދުގައި ބަދަލުކުރެވުނު، އިމްޕްލިމެންޓޭޝަން
ފޭސްގެ ލެޓާ އޮފް އެކްސްޗޭންޖްގައި ސޮއިކުރެއްވުމަށް ފަހު މިނިސްޓަރ ޑރ މުއިއްޒު
ވިދާޅުވީ 10 ވަނަ ދުވަހު ޗައިނާގައި އޮންނަ، ބިޑް ހުޅުވުމާއި ދިރާސާކުރުމުގައި
ބައިވެރިވުމަށް މިނިސްޓްރީގެ ޓީމެއް ޗައިނާއަށް ދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި ސޮއި ކުރެވުނު ލެޓަރ އޮފް އެކްސްޗޭންޖާއި އެކު ދެން ފެނިގެންދާނީ ބްރިޖްގެ ޢަމަލީ މަސައްކަތް
ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ބްރިޖުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކޮޅު ފެށިގެންދާނެ ކަމަށާއި
އެކަމަށް ދިވެހި ސަރުކާރުން ވާން ޖެހޭ އެންމެހާ ތައްޔާރީތައް ނިމިފައިވާ ކަމަށް
މިނިސްޓަރ ވިދާޅުވިއެވެ. އަދި ބްރިޖް އެޅުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހަރަދު
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވެސް މިނިސްޓަރު މިނިސްޓަރ
މުޢިއްޒު ވިދާޅުވިއެވެ.
ޗައިނާގެ ސަފީރު ވަންގ ފޫކާންގ ވިދާޅުވީ ބްރިޖްގެ މަސައްކަތަށް
މާލީގޮތުންނާއި ޢަމަލީގޮތުން ޗައިނާއިން އެހީތެރިވަމުން ގެންދާކަމަށެވެ. އަދި
ދެޤައުމުގެ ވެސް ޢަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ބްރިޖްގެ ޢަމަލީ މަސައްކަތް
ފެށުން ކަމަށް ސަފީރު ވިދާޅުވިއެވެ.