ޚަބަރު

ރީނދޫ އެލާޓްގެ ވަގުތު އިތުރު ކޮށްފި


ދެކުނުގެ
އަތޮޅުތަކަށް މިރޭ ނެރުނު ރީނދޫ އެލަރޓްގެ ވަގުތު މިރޭ މެންދަމުން އަލިވެ 3.30އާ
ހަމައަށް އިތުރު ކޮށްފިއެވެ.

 ފ. އަތޮޅުން ފެށިގެން ސ. އަތޮޅާއި ހަމައަށް މިރޭ
ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ
ލަފާކޮށްފައިވެއެވެ.

އެއިދާރާއިން ވަނީ މިރޭ އެގާރަގަޑި ސާޅީސްފަހަކުން ފަތިހު
ތިންގަޑި ތިރީހަށް އެސަރަހައްދަށް ރީނދޫ އެލާރޓް ނެރެފައެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި
ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭގައުމީ
އިދާރާއިން ލަފާކޮށްފައިވެއެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 50 މޭލަށް
ވައި ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.