އަމީތާބުގެ ކާފަ ދަރިފުޅު ނަވްޔާ އާއި މީޒާން ޖެފްރީ ރައްޓެހިވެގެން އުޅޭކަމަށް ބުނާ ވާހަކަ ނޫސްތަކުގައި ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ.
ނަވްޔާއާއި މީޒާން މިކަމާއި އެއްވެސް ވާހަކައެއް އަދި ދައްކާފައެއް ނުވެއެވެ. އެހެންނަމަވެސް މި ދެކުދިންގެ ދިފާއުގައި މިފަހަރު ތެދުވީ މީޒާންގެ ބައްޕަ ޖާވިދު ޖެފްރީއެވެ. އެނާ ވަނީ މީޑއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ.
ޖާވިދު ޖެފްރީ ބުނީ ނަވްޔާ އާއި މީޒާން އަކީ ހަމައެކަނި ދެ ރަޙްމަތްތެރިންކަމަށެވެ. އަދި ނަވްޔާ އަކީ އޭނާގެ އަންހެން ދަރިފުޅާ އެއްކޮށް ސްކޫލްގައި އުޅުނު ކުއްޖެއްކަމަށާއި އެހެންކަމުން ގާތް ގުޅެއް އޮންނާނީކަމަށެވެ. އަދި މިވާހަކަތައް އޮޅިގެން އުޅެނީ އެމީހުން ވަރަށް އެއްކޮށް އުޅޭތީކަމަށްވެސް ޖާވިދު ޖެފްރީ ބުނެއެވެ.
މީޒާން އަބަދުވެސް އަންނަނީ ނަވްޔާ ސޯޝަލް މީޑިއާގައި ކުރާ ކޮންމެ ޕޯސްޓަކަށް ލައިކްދީ ކޮމެންޓްކުރަމުންނެވެ.
މީޒާން ފުރަތަމަ ފަހަރަށް ސްކްރީނުން ފެނިގެން ދިޔައީ ސަންޖޭ ލީލާ ބަންސާލީގެ "މަލާލް: އިންނެވެ. ސަންޖޭ ލީލާ ބަންސާލީއަށް ބޮޑުބޭބެކިޔާ ޝަރުމިން ސޭގަލްއާއި އެކު މީޒާން ފެނުނު މި ފިލްމުން ގިނަ ބަޔަކަށް އޭނާ ފާހަގަވިއެވެ. އަދި މި ފިލުމުން އޭނާގެ އެކްޓިން ބަޔަކަށް ކަމުދިޔަނަމަވެސް މި ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބެއެވެ.
މީޒާން މިހާރު ތައްޔާރުވަމުން އަންނަނީ އޭނާގެ ދެވަނަ ފިލްމު ނުކުންނާނެ ދުވަހަކަށެވެ. މީޒާންގެ ނުކުންނަށް ތައްޔާރުވަމުން އަންނަނީ މަޝްހޫރު ރޮމޭންޓީކް ކޮމެޑީ " ހަންގާމާ" ގެ ސީކުއެލް " ހަންގާމާ 2 " އެކެވެ. ޕްރިޔާދަރުޝަންގެ ވަރަކަށް ކާމިޔާބު މި ފިލްމުގައިވެސް ކުރީގެ ބައެއް ތަރިން ހިމެނެއެވެ. އޭގެތެރޭގައި ކުރީ ފިލްމުގެ އެންމެ މުހިންމު ހެއްވާ މަޖާ ރޯލުން ފެނިގެންދިޔަ ޕަރޭޝަ ރަވޭލް ހިމެނެއެވެ.
އަމީތާބުގެ ކާފަ ދަރިފުޅު ނަވްޔާ އަކީ ނިއުޔޯކުގެ ފޯދަމް ޔުނިވަރސިޓީގެ ގްރެޖުއޭޓްއެކެވެ. އަދި އޭނާއަކީ ސިއްޙަތާއި ބެހޭ އޮންލައިން ޕްލެޓްފޯމެއް ކަމަށްވާ "އާރަ ހެލްތު" ގެ އެއް ފައުންޑަރ އެވެ.