ސުޕަރ ހީރޯ ފިލްމުތަކުގައި ރަސްކަންކުރާ މާވެލް ސްޓޫޑިއޯއިން އެމީހުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ކަލަންޑަރު ފޭނުންނަށް ދޫކޮށްލައިފިއެވެ.
ސުޕަރ ހީރޯ ފިލްމުތަކަށް ލޯބިކުރާ މީހުންނަށް މިފަހަރުވެސް އެމީހުން ބޭނުންވާ ފިލްމްތައް މި ކަލަންޑަރުގައި އެބައޮތެވެ. މާވެލް ކަލަންޑަރު އިއުލާންކުރަމުން އެ ސްޓޫޑިއޯ އިން ދޫކޮށްލި މެސެޖްގައި ބުނެފައިވަނީ ދުނިޔެ ބަދަލުވި ނަމަވެސް އެމީހުން ބޮޑު އައިލާއެއްގެ ގޮތުގައި އަބަދުވެސް ސުޕަރ ހީރޯ ފިލްމުތަކަށް ލޯބިކުރާ މީހުންނާއި އެކު އޮންނާނެކަމަށެވެ.
އައު ކަލަންޑަރަށް ބަލާއިރު އެންމެ ކުރިން ސްކްރީންތަކަށް އަންނަން އޮތީ ސްކާލެޓް ޖޯންސަންގެ "ބްލެޓކް ވިޑޯ" އެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ ޖުލައި މަހުގެ 2 ވަނަދުވަހުއެވެ. ދެން އޮތީ "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" އެވެ. މީ މާވެލުން އޭޝިއާ ދަރިކޮޅަކަށް ނިސްބަތްވާ އެކްޓަރަކާއި އެކު ސްކްރީނަށް އަންނަ ސުޕަރ ހީރޯއެކެވެ. މި ފިލްމް ސްކްރީންތަކަށް އަންނަނީ މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަދުވަހުއެވެ.
ދެން މިއަހަރަށް އޮތީ އެންމެ ގިނަ ބަޔަކު މިހާރުވެސް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. އެންޖަލީނާ ޖޮލީގެ
" އެޓަރނަލްސް" އެވެ. އެންޖަލީނާ ޖޯލީގެ ފޭނުންނާއި ހަމައަށް މި ފިލްމު މިހާރު ތާވަލުކޮށްފައިވާ ގޮތުން އަންނަނީ ނޮވެމްބަރު މަހުގެ 5 ވަނަދުވަހުއެވެ.
އަހަރުގެ އެންމެ ފަހަތަށް އޮތީ އެންމެ ބޮޑު އެއް ސުޕަރ ހީރޯއެވެ. "ސްޕައިޑަރ މޭން " ސީރީޒްގެ ތިންވަނަ ފިލްމެވެ. "ސްޕައިޑަރ މޭން - ނޯވޭ ހޯމް " އެވެ. މި ފިލްމާއި އެކު އަހަރު ނިންމާލާއިރު މި ފިލްމު ސިނަމާތަކަށް އަންނަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
The world may change and evolve. But the one thing that will never change, we’re all part of one big family. pic.twitter.com/TUU5848QYR
— Marvel Studios (@MarvelStudios) May 3, 2021
މި އަހަރުގެ ކަލަންޑަރާއި އެކު އަންނަ އަހަރުގެ ދޫކޮށްލާނެ ބައެއް ފިލްމުތައްވެސް މާވެލް ފޭނުންނަށް އެ ސްޓޫޑިއޯއިން މިވަނީ ދައްކާލާފައެވެ. މިގޮތުން އަންނަ އަހަރުގެ އެންމެ ކުރީގައި މިއޮތީ " ޑޮކްޓަރ ސްޓްރޭންޖް - އިން ދަ މަލްޓިވާސް އޮގް މޭޑްނަސް" އެވެ. އަންނަ އަހަރު މި ފިލްމަ ސިނަމާތަކަށް އަންނަނީ މާރިޗު 25ގައެވެ. "ތޯ" ގެ ސިީރީޒަށް ލީބިކުރާ މީހުންނަށް އޮތް ހަދިޔާ
" ތޯ ލަވް އެންޑް ތަންޑަރ " ސިނަމާތަކަށް އަންނަނީ އަންނަ އަހރުގެ މޭމަހުގެ 6 ވަނަދުވަހުއެވެ.
އަންނަ އަހަރުގެ ލިސްޓުގައި ދެން އޮތީ "ބްލެކް ޕެންތާ- ވަކެންޑާ ފޯއެވާ" " ދަ މާވެލްސް" " އެންޓް-މޭން އެންޑް ދަ ވާސްޕް - ކުއަންޓަމްމޭނިއާ " އަދި "ގާޑިއަން އޮފް ދަ ގެލެކްސީ ވޮލިއުމް 3 " އެވެ.