ކުޅިވަރު

ގައުމީ ވޮލީ ބޯޅަ ލީގު އަންނަ ހުކުރުދުވަހު ފަށަނީ


ފަސް ޓިމާއެކު ގައުމީ ވޮލީ ބޯޅަ ލީގު އަންނަ ހުކުރުދުވަހު ފަށާގޮތަށް ހަމަޖެހިއްޖެއެވެ. 

މިމުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ  ސްޕޯޓްސް ކުލަބް ސިޓީއާ މޯލްޑިވިއަން
ރެކްރިއޭޝަން ކުލަބެވެ. 

ފަސް ޓީމު ވާދަކުރާ މިމުބާރާތުގައި
ދެވަނަ މެޗްގައި ބައްދަލުކުރާނީ  ގުޑީސް
ސްޕޯޓްސް ކުލަބްއާ ދިވެހި ސިފައިންގެ ކުލަބްއެވެ. މިމުބާރާތުގެ ތިންވަނަ މެޗްގައި ބައްދަލުކުރާނީ މޯލްޑިވިއަން
ރެކްރިއޭޝަން ކުލަބްއާ ޕޮލިސް ކުލަބްއެވެ. އަދި ހަތަރުވަނަ މެޗްގައި ބައްދަލުކުރާނީ
ސްޕޯޓްސް ކުލަބް ސިޓީއާ ދިވެހި ސިފައިންގެ ކުލަބެވެ. 

މި ފަސް ޓީމު ލީގު އުސޫލުން
ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމް ދަތުރުކުރާނީ
މުބާރާތުގެ ދެވަނަ ބުރަށް އަދި ދެވަނަ ބުރަށެވެ. ދެވަނަ ބުރުގައި ކޮންމެ ޓީމް އެއް
ކޮންމެ ޓީމްއަކާ ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމް ކޮލިފައިވަނީ
ގާއުމީ މުބާރާތަށެވެ. މިއަންނަ މަހުގެ ފަސްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ
ގައުމީ މުބާރާތުގައި ތިން ޓީމްގެ މެދުގައި ލީގް ބުރެއް ކުޅުމަށްފަހު އެންމެ ގިނަ
ޕޮއިންޓް ހޯދާ ޓީމްއަށް ސީދާ ފައިނަލްގެ ޖާގަ ކަށަވަރުވާއިރު، ދެވަނަ އަދި
ތިންވަނަ ޓީމް ޖެހޭނީ ސެމީގައި ވާދަކޮށް ފައިނަލްގެ ފުރުސަތު ހޯދަންއެވެ. 

ގައުމީ
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ދިހަވަނަ
ދުވަހުއެވެ.