2018 ގައި ނެރުނު އެމެރިކާގެ ސުޕަރހީރޯ ފިލްމު "ވެނޮމް" ގެ ދެވަނަބައިގެ ޓްރެއިލަރ ދައްކާލައިފިއެވެ. ވެނޮމްގެ ދެވަނަބައި ކަމުގައިވާ "ލެޓް ދެއަރ ބީ ކަނޭޖް" ޓްރެއިލަރ އިން ބެލުންތެރިންނަށް ޔަޤީންކޮށްދިނީ ފިލްމު ރިލީޒް ކުރާނީ ހަމައެކަނި ސިނަމާތަކުގައިކަމެވެ.
ޓްރެއިލަރގައި ސުޕަރ ހިއުމަން ޕަވަރއަކާއެކު އެކްޓަރ ޓޮމް ހާޑީ ފެނިގެންދަނީ އެޑީ ބްރޮކްގެ ގޮތުގައެވެ. އެންމެ ބޮޑު ވިލަންގެ ގޮތުގައި ފެނިގެންދަނީ ކްލެޓަސް ކަސާޑީ އެވެ. މައިކަލް ވިލިއަމް އެޑީގެ ކުރީގެ ލޯބިވެރިޔާ އެނާ ވިއެން ގެ ގޮތުގައި ދައްކާއިރު ޑޭން ލެވިސް ފެނިގެންދަނީ އެނާގެ އާ ލޯބިވެރިޔާގެ ގޮތުގައެވެ.
މާވެލް ކޮމިކް ކެރެކްޓަރ ވެނޮމްގެ މައްޗަށް ބިނާކޮށް ހަދާފައިވާ "ލެޓް ދެއަރ ބީ ކާނޭޖް" ޑައިރެކްޓް ކޮށްފައިވަނީ އެންޑްރީ ސާކިސް އެވެ. ކޮލަމްބިއާ ޕިކްޗާރސްއިން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީޒްކުރަނީ ސޮނީ ޕިކްޗާރސްއިންނެވެ.
މި ފިލްމު ބެލުންތެރިންނާ ހިސާބަށް ޖޫން 25 ވަނަ ދުވަހު ގެނެސްދިނުމަށް ހަމަޖެހިފައިވީ ނަމަވެސް މިހާރު ވަނީ ދުވަސް ފަސް ކޮށްފައެވެ. ފާސްޓް އެންޑް ފިއުރިއަސް 9 އާއި ދިމާވާތީ ވެނޮމްގެ ދެވަނަބައި މިހާރު ސިނަމާ ތަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ފިލްމުތައް ރިލީޒް ކުރާ ދުވަސްތަކަށް ގެނެވުނު ބަދަލާއެކު މާވަލް އިން ވަނީ ސެޕްޓެމްބަރު މަހު ރިލީސް ކުރަން ހަމަޖެހިފައިވާ ކޮމެޑީ ފިލްމު "ދަ މޭން އިން ޓްރާންޓޯ" ރިލީޒް ކުރާ ދުވަހަށްވެސް ބަދަލު ގެނެސްފައެވެ. ނަމަވެސް މި ފިލްމު ރިލީޒް ކުރާނެ ވަކި ދުވަހެއް ހާމައެއްނުކުރެއެވެ.
ވެނޮމްގެ ފުރަތަމަ ފިލްމު ގެނައީ 2018 ވަނަ އަހަރުއެވެ.