ކުޅިވަރު

ރޮނާލްޑީނިއޯއާއެކު ރާއްޖޭގެ ސްޕޯޓްސް ޓުއަރިޒަމް ކުރިއަރުވަނީ


ވިއްސާރަ ވުމުގެ ސަބަބުން ރޮނާލްޑީނިއޯގެ ކޭމްޕް ނުބޭއްވި އޭނާ ފުރައިފިއެވެ. ސޮނޭވާ ކުންފުނިން ރާއްޖޭގައި ހިންގާ ސޮނޭވާ ޖާނީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޭންޕް ކުރިއަށް ނުގެންދެވުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތުގައި ކޭންޕް ކުރިއަށް ނުގެންދެވޭނެތީއެވެ. މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑީނިއޯވަނީ މާލެއިން ފުރުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުސޫމާވެސް ބައްދަލުކޮށްފައެވެ. މިނިސްޓަރ މައުސޫލް ވިދާޅުވީ މިފަހަރު ވިއްސާރައާއި ގުޅިގެން ކޭންޕް ކުރިއަށް ނުގެންދެވި ފުރަން ޖެހުނުކަމުގައި ވީނަމަވެސް ރޮނާލްޑީނިއޯ އަދި ރާއްޖެއައުމާއި ބެހޭގޮތުންވަނީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މަޝްހޫރު ކުޅިވަރު ޝަހުޝިއްޔަތުތައް ރާއްޖެ ގެނެސް، ރާއްޖޭގެ ޓުއަރިޒަމް ކުރިއެރުވުމަކީ ޓުއަރިޒަމް މިނިސްޓްރީއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށާއި ރޮނާލްޑީނިއޯ ފުރުމުގެ ކުރިން މިފަދަ މަޝްވަރާތަކެއްވެސް ކުރިމަށް މިނިސްޓަރ މަޢުސޫމް ވިދާޅުވިއެވެ. އަދި ރޮނާލްޑީނިއޯވެސްވަނީ އަދި ރާއްޖެއަށް އަންނާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ފުޓްބޯޅައިގައި ބްރެޒިލްއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ސަޕޯޓްކުރާންތަކެއް ތިބި ގައުމްއެއްކަމަށާއި ހާއްސަކޮށް ރޮނާލްޑީނިއޯއަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ލޯބިވާ ކުޅުންތެރިއެކެވެ. އަދި ރާއްޖޭގައި ތިބި ރޮަނަލްޑޯގެ ސަޕޯޓަރުން އޭނާއާ ބައްދަލުކޮށްލަން ވެސް ބޭނުންވާ ކުޅުންތެރިއެކެވެ.

ރޮނާލްޑީނިއޯ ވަނީ އޭނާގެ ގައުމު އަދި ކުލަބާއެކު ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ބްރެޒިލްއާއެކު 2002ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާއިރު، 2004 އަދި 2005ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ރޮނާލްޑީނިއޯ ވަނީ ހޯދާފައެވެ. ބާސެލޯނާއާއެކު 3 ސްޕެނިޝް ލީގް އަދި ޗެންޕިއަންސް ލީގްވެސް ހޯދާފައިވެއެވެ. 1998ވަނަ އަހަރު ރޮނާލްޑީނިއޯގެ ފުޓްބޯޅައިގެ ކެރިއަރު ފަށާފައިވަނީ ބްރެޒިލްގެ ގްރެމިއޯއިންނެވެ. ފްރާންސްގެ ޕީއެސްޖީ އަދި އިޓަލީގެ އޭސީ މިލާނަށްވެސް ރޮނާލްޑީނިއޯ ކުޅެފައިވެއެވެ.