މުނިފޫހިފިލުވުން

ހަންސަލްގެ ކުރިއަށް އޮތް ފިލްމުގައި ކާތިކް ޕައިލެޓެއްގެ ރޯލުން


ފިލްމު 'ދޯސްތާނާ 2' ގެ ހައިޖާނުގަޑަށްފަހު 'ލަވް އާޖްކަލް' ގެ ތަރި ކާތިކް ދަނީ އިތުރު ފިލްމުތަކުގައި މަސައްކަތްކުރުމުގެ ޝެޑިއުލްތައް ރާވަމަންނެވެ. މި ގޮތުން ޤައުމީ އެވޯޑް ޙާޞިލްކޮށްފައިވާ ޑައިރެކްޓަރ ހަންސަލް މެހެތާ އާއި އެކު ކާތިކް އެންމެ އަވަހަށް ފެންނާނީ އެއަރ ފޯސް ޕައިލެޓެއްގެ ރޯލުން ކަމުގައި ޚަބަރުތައް ބުނެއެވެ.

ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ޤައުމީ މި ފިލްމުގައި އެއަރ ފޯސް ޕައިލެޓެއްގެ ރޯލު ކާތިކް ކުޅެނީ ރެސްކިޔު އޮޕަރޭޝަނެއްގައެވެ. މި ފިލްމު ޕްރޮޑިއުސް ކުރަނީ ރޯނީ ސްކްރޫވާލާ އެވެ. ފިލްމު "ސިޓީ ލައިޓް" ފަދަ ހާރޑް ހިޓިން ފިލްމުތައް ހަދާފައިވާ ހަންސަލް ގެ މި ފިލްމު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ދެއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

2011 ވަނަ އަހަރު ލޯބީގެ ފިލްމެއްކަމަށްވާ 'ޕިޔާރުކާ ޕުންޗުނާމާ' އިން ފިލްމީ ކެރިއަރު ފެށި ކާތިކްއަކީ މިފަހަކަށްއައިސް ބެލުންތެރިންގެ މެދުގައި މަޤުބޫލު ތަރިއެކެވެ. ފިލްމު 'ސޯނޫކި ޓީޓޫކީ ސްވީޓީ' ބޮޑަށް މަޝްހޫރުވެގެން ދިޔަ ކާތިކް ކުޅެފައިވާ އެހެން ފިލްމުތަކުގެ ތެރޭގައި 'ލަވް އާޖްކަލް' ލުކާ ޗުޕީ' 'ސިލްވެޓް' އަދި 'ޕަތީ ޕަތްނީ އޯރް ވޯ'ހިމެނެއެވެ. 'ދަމާކާ' އަދި 'ބޫލް ބުލައްޔާ 2' އަކީ ކާތިކްގެ އަންނަންހުރި ފިލްމުތަކެވެ.