ކުޅިވަރު

އާ ސްކޯރިން ފޯމެޓް ފާސްނުވީ ގައުމުތަކަށް ފުރިހަމަ މަޢުލުމާތު ނުދެވިގެން - މޫސަ


ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ބެޑްމިންޓަންގެ ސްކޯރިންނަން ގެންނަން މަސައްކަތްކުރި ބަދަލު ފާސްނުވީ ގައުމުތަކަށް އެކަމުގެ މަޢުލުތު ރަގަނޅަށް ނުދެވިގެންކަމަށް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މުސާ ނާޝިދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އާއި އިންޑޮނޭޝިޔާ ގުޅިގެން ބެޑްމިންޓަންގެ ސްކޯރިންނަން ގެންނަން އުޅުނު ބަދަލު ފާސްނުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އާ ސްކޯރިން ފޯމެޓުގައި ސެޓެއް ނިމެނީ 21ގެ ބަދަލުގައި 11 އިންނެވެ. އަދި މެޗްތައް ކުޅޭނީ ބެސްޓް އޮފް ފައިވަށެވެ. މެޗެއްގައި 11ގެ ފަސް ސެޓް ކުޅުމަށް ހަމަޖެހިފައިވާއިރު، މެޗުން މޮޅުވާނީ 3 ސެޓް ހޯދައިގެންނެވެ.

ބެޑްމިންޓަންގެ ދުނިޔޭގެ ފެޑެރޭޝަން ބީޑަބްލިއުއެފްގެ ކައުންސިލް މެމްބަރުކަމާއި ބެޑްމިންޓަން އޭޝިއާ އާއި ދެކުނު އޭޝިއާގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވީ މިއަހަރު ކުރެވުނު މަސައްކަތާއި އަޅާބަލާއިރު، މިސްކޯރިން ފޯމެޓް މިއަހަރު ވަރަށް ބޮޑު ތާއީދެއް ލިބިފައިވާކަމާއި އެންމެ ވޯޓެއްގެ ތަފާތުން މިއަހަރު ސްކޯރިން ފޯޓް ފާސްނުވި ނަމަވެސް ކުރެވުނު މަސައްކަތް ވަރަށް ކާމިޔާބުކަމަށް މޫސާ ނާޝިދު ވިދާޅުވިއެވެ. މީގެ ހަތަރު އަހަރު ކުރިން ވެސް ބެޑްމިންޓަން ސްކޯރިން ގަވާއިދަށް ބަދަލު ގެންނަން ހުށަހެޅި ޕްރޮޕޯސަލްވެސް ފާހެއް ނުވިއެވެ.

މުސާ ނާޝީދު ވިދާޅުވީ މިއަހަރު ސްކޯރިންއަށް ގެންނަން މަސައްކަތްކުރި ބަދަލް ފާސްވުނީ ވާޗުއަލްކޮށް ބައްދަލުވުންތައް ބާއްވަން ޖެހުމާއި، ބައެއް ގައުމްތައް ކޯވިޑް-19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައި އޮތުމާގުޅިގެން އެގައުމްތަކާއެކު ބައްދަލުވުންތައް ބޭއްވުމުގައި ގިނަ ހުރަސްތަކެއް ދމާވުމުންކަމަށްވެސް މޫސަ ވިދާޅުވިއެވެ. އަދި އެފްރިކާ އާއި ޔޫރަޕްގެ ބައެއް ގައުމްތަކާއެކު ވާޗުއަލްކޮށް ވެސް ބައްދަލުވުންތައް ބޭއްވިފައިނުވާކަމަށް މޫސަ ވިދާޅުވިއެވެ. އަދި އެންމެ ބޮޑު އެއް ސަބަބަކަށްވީ ގައުމުތަކަށް ބެޑްމިންޓަންގެ އާ ސްކޯރިން ފޯމެޓުގެ އެންމެ ފުރިހަމަ މަޢުލުމާތު ފޯރުކޮށް ނުދެވުންކަމަށް ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދު ވިދާޅުވިއެވެ.

ނާޝިދު އިތުރަށް ވިދާޅުވީ އިއްޔެ ބޭއްވި ބީޑަބްލިއުއެފްގެ ކައުންސިލް ބައްދަލުވުމުގައި އާ ސްކޯރިން ފޯމެޓަށް ގެންނަން މަސައްކަތް ކޮށްފައިވާ ބަދަލު ގެނައުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ބީޑަޕްލިއުއެފަށް ދެން ސްކޯރިން ފޯމެޓް ހުށައަޅާނީ ހަތަރު އަހަރަށް ފަހުގައިކަމަށްވެސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް މޫސާ ނާޝިދު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަނަކުން ބައިނަލްއަގުވާމީ ކުޅިވަރެއްގެ ގަވާއިދަކަށް އިސްލާހެއް ގެންނަން އިސްނެގި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.