މުނިފޫހިފިލުވުން

ޝަނާޔާގެ ފުރަތަމަ ފެނިލުން ކަރަންގެ ފިލްމަކުން


މަޝްހޫރު ޑައިރެކްޓަރ ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ޓެލްންޓް މެނޭޖްމަންޓް އޭޖެންސީގައި މަސައްކަތްކުރުމުގެ ފުރުޞަތު ދީ އެކްޓިންގެ ދުނިޔެއަށް އެންމެ ފަހުން ކަރަން ތަޢާރަފު ކުރި ފަންނާނަކީ ޝަނާޔާ ކަޕޫރެވެ. އޭގެ ފަހުން ޝަނާޔާ އާއި ބެހޭގޮތުން މީޑިއާތަކުގައި އެންމެ ބޮޑަށް ދެކެވެން ފެށި ވާހަކައަކީ ޝަނާޔާގެ އެންމެ ފުރަތަމަ ފިލްމަކަށްވާނީ "ސްޓޫޑަންޓް އޮފް ދަ ޔިއަރ 3" ކަމަށެވެ. އެހެންނަމަވެސް މިހާރު ބެލެވެން ފަށާފައި މިވަނީ ޝަޔާނާގެ ފުރަތަމަ ފެންނާނީ މުޅިން އެހެން ފިލްމަކުންކަމެވެ. އެކަމަކު އެ ފިލްމަކީވެސް ކަރަން ޖޯހަރުގެ ބައިވެރިވުމެއް އޮތް ފިލްމެކެވެ. ޝަޔާނާ ބޮލީވުޑް ޑެބިއުޓަކަށް ވަނީ ކަރަން ޖޯހަރާއި ޝަޝާންކް ކައިތާންގެ ރޮމޭންޓިކް ޑްރާމާ ފިލްމެކެވެ.

މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެއްކަމަށާއި ޝަނާޔާގެ އިތުރުން ދެން މި ފިލްމުގެ ލީޑް ރޯލުން ފެންނާނީ ޓީވީ އެކްޓަރ ލަކްޝްޔާ ލާލްވާނީ، އެކްޓަރ ގުރްފަތޭ ޕިރްޒާދާ ކަމަށް ފިލްމުގެ ޓީމާއި ޙަވާލާދީ ބައެއް މީޑިއާތަކުން ބުނެއެވެ. އަދި މި ތިން ތަރިންވެސް މިހާރުވަނީ އެކްޓިން ވޯކްޝޮޕްތައް ފަށާފައިއެވެ. ޖުލައި މަހު ރިލީޒްކުރަން ނިންމި މި ފިލްމުވެސް ކޯވިޑާއި ހެދި މިވަނީ ފަހަތަށް ޖައްސަން ޖެހިފައެވެ.

ފިލްމުގެ ގިނަ މަންޒަރުތައް އިންޑިއާއިން ބޭރުގައި ނަގަން ހަމަޖެހިފައިވާތީ ފުރަބަންދު ދޫކޮށްލިހާ އަވަހަކަށް ފިލްމުގެ ޝޫޓިންތައް ފެށުމުގެ މަސައްކަތް ދަރްމާ ޕްރޮޑަކްޝަނުން ފަށާނެއެވެ. އަދި ހުރިހާ ކަމެއް ރަގަޅަށް ދާނަމަ މިއަހަރުގެ ފަހު ކޮޅު ޝޫޓިންތައް ފެށުމަށްވެސް ދަރްމާއިން ވަނީ ނިންމާފައެވެ.

'ދުލްހަނިޔާ' އަދި 'ދަޅަކް' ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ޝަޝަންކު ވަނީ މި ފިލްމު ޕްރޮޑިއުސްކުރުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައެވެ. ފިލްމު 'ގުޑްނިއުޒް' އަދި 'ބޫތު' އަށް ފަހު ޝަޝަންކު ޕްރޮޑިއުސްކުރާ މިއީ ތިންވަނަ ފިލްމެވެ.

އެކާވީސް އަހަރުގެ ޝަނާޔާ ކަޕޫރަކީ އަކީ ބޮލީވުޑް އެކްޓަރ ސަންޖޭ ކަޕޫރު އަދި ގަހަނާ ޑިޒައިނަރ މަހީޕް ކަޕޫރުގެ އަންހެން ދަރިއެވެ.