މުނިފޫހިފިލުވުން

ޔާމީ ގޯތަމް އާއި ބޫމީ އަކްޝޭއާއެކު


ހިންދީ ސިނަމާގައި މިހާރު އެންމެ ބިޒީ ތަރިއަކީ އަކްޝޭ ކުމާރެވެ. އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ރޯހިތު ޝެޓީގެ "ސޫރަޔަވަންޝީ" އާނަންނަދު އެލް ރާއީގެ "އަތުރަންގީ ރޭ" ޔާޝް ރާޖް ފިލްމްސް ގެ "ޕްރިތްވީ ރާޖް" "ބައްޗަން ޕާންޑޭ" "ރާމް ސޭތޫ" "ރަކްޝާ ބަންދަން" "ބެލްބޮޓަމް" އަދި "އޯއެމްޖީ 2" ހިމެނެއެވެ.

ފިލްމު "ރަކްޝާ ބަންދަން" އަދި "އޯއެމްޖީ 2" ގެ ލީޑް ރޯލް ކުޅޭނެ އަންހެން ބަޠަލާއިން މިހާރު ވަނީ ނިންމާފައެވެ.

2012 ގައި ދެއްކި ކޮމެޑީ ފިލްމު "އޯއެމްޖީ"ގެ ސީކުއަލްގައި އަކެޝޭގެ ބައިވެރިޔަކީ ފިލްމު "ގާބިލް" ގެ ތަރި ޔާމީ ގޯތަމް އެވެ. އަމިތު ރާއީ ޑައިރެކްޓް ކުރާ މި ފިލްމުން ޔާމީގެ އިތުރުން ދެން ފެނިގެންދާނީ އެކްޓަރ ޕަންކަޖް ތްރިޕާތީއެވެ.

ފެމިލީ ޑްރާމާ ފިލްމު "ރަކްޝާ ބަންދަން" ގައި އަކްޝޭގެ އަންހެނުންގެ ރޯލުން ފެންނަނީ ބޫމީ ޕެދްނޭކަރުއެވެ.
އާނަންދު ލެހެރާއީ ޑައިރެކްޓް ކުރާ މި ފިލްމު ރިލީޒްކުރުން މިމަހުގެ 21 އަށް ތާވަލުކޮށްފައިވާއިރު މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މުމްބާއީގައެވެ.

2017 ވަނަ އަހަރު ރިލީޒްކުރި "ޓޮއިލެޓް އެކް ޕްރޭމް ކަތާ" އަށްފަހު ބޫމީ އާއި އަކްޝޭ މަސައްކަތް ކުރާ މި ފިލްމަކީ އެ ދެމީހުން އެކުގައި މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.

އަމިތު ރާއީގެ "އޯއެމްޖީ 2" ގެ މަސައްކަތް ދެ މަސްދުވަހުގެ ޝެޑިއުލަކާއި އެކު އަންނަ ސެޕްޓެމްބަރު މަހު ފެށުމަށްވަނީ ހަމަޖެހިފައެވެ. ކޯވިޑްގެ ބަލިމަޑުކަމާއި ހެދި އެކަހެރިވެގެން ތިބި ފިލްމުގެ ޓީމަކުން މިހާރުވެސްދަނީ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތަކާއި ފިލްމުގެ މަންޒަރުތައް ނަގާނެ ތަންތަންވެސް ހޯދަމުންކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓްކުރެއެވެ. އަދި އޮކްޓޫބަރު މަސް ނިމެންވާއިރަށް ފިލްމު ނިންމާލެވޭނެކަމަށްވެސް ފިލްމުގެ ޓީމާއި ޙަވާލާދީ ޙަބަރުތައް ބުނެއެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓް ކުރާ ފެމިލީ ޑްރާމާ "ރަކްޝާ ބަންދަން" ރިލީޒްކުރުމަށް ތާވަލުކޮށްފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުއެވެ.