8 ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގައި މިފަހަރު އަތޮޅު ތެރެއިން 6 ޓީމް ބައިވެރިވެފައިވާކަމަށް މޯލްޑިވްސް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފިއެވެ.
އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި އަތޮޅު
ތެރެއިން ބައިވެރިވެފައިވާ 6 ޓީމަކީ ތިމަރަފުށި، އޭދަފުށި، ހޮޅުދޫ، ފީއަލި އަދި
އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީން 2 ޓީމް ބައިވެރިވެފައިވެއެވެ. އެއީ އައްޑޫ ސިޓީ ޓީމާއި، އައްޑޫ ހިތަދޫ ހޮރައިޒަން އެކަޑަމީއެވެ.
އަތޮޅު ލީގު އޯޕަން ބައިގައި ފިރިހެން 24 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި އަންހެން 15 ކުޅުންތެރިން ވަނީ ބައިވެރިވެފައިވެއެވެ. ފިރިހެން ޑަބަލްސްގައި 16 ކުޅުންތެރިން، އަންހެން ޑަބަލްސްގައި 9 ކުޅުންތެރިން އަދި މިކްސް ޑަބަލްސްގައި 18 ކުޅުންތެރިން ވަނީ ބައިވެރިވެފައިވެއެވެ.
42 ވަނަ ޤައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަން ފިރިހެން ބައިގައި ބައިވެރިވެފައިވަނީ 3 ޓީމެވެ. އަދި އަންހެންބައިގައި 4 ޓީމް ބައިވެރިވެފައިވެއެވެ. ފިރިހެންބައިގައި
ބައިވެރިވެފައިވަނީ ޔުނީކް ސްޕޯޓްސް ކުލަބް، ކުލަބް އީގަލްސް އަދި އެޑްވޮކޭޓް ދަ
ރައިޓްސް އޮފް ޗިލްރެންސްއެވެ. އަންހެން ޓީމްތަކަކީ އޮފް އެފްސީ، ކުލަބް އީގަލްސް،
ކުލަބް ޕީއެސްއެމް އަދި އެޑްވޮކޭޓް އޮފް ދަ ރައިޓްސް އޮފް ޗިލްރެންސްއެވެ.
42 ވަނަ ޤައުމީ މުބާރާތުގެ 2 ވަނަ ޑިވިޝަން ފިރިހެންބައިގައި
ބައިވެރިވެފައިވަނީ ކުލަބް ސްޓެޓިކް، ކުލަބް ޕީއެސްއެމް އަދި ކުލަބް އީގަލްސްއެވެ.
މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އޯޕަންސް އިވެންޓްގެ ސިންގަލްސް ފިރިހެން ބައިގައި 10 ކުޅުންތެރިން ބައިވެރިވެފައިވާއިރު، އަންހެން ބައިގައި ބައިވެރިވެފައިވަނީ 5 ކުޅުންތެރިންނެވެ. ފިރިހެން ޑަބަލްސްގައި 6 ކުޅުންތެރިން، އަންހެން ޑަބަލްސްގައި 3 ކުޅުންތެރިން އަދި މިކްސް ޑަބަލްސްގައި 7 ކުޅުންތެރިން ވަނީ ބައިވެރިވެފައިވެއެވެ.
42 ވަނަ ޤައުމީ މުބާރާތުގެ 2 ވަނަ ޑިވިޝަންގެ އޯޕަންސް އިވެންޓްގެ
ސިންގަލްސް ބައިގައި ފިރިހެން 22 ކުޅުންތެރިން ބައިވެރިވެފައިވާއިރު، އަންހެން ބައިގައި ބައިވެރިވެފައިވަނީ 6 ކުޅުންތެރިންނެވެ. ފިރިހެން ޑަބަލްސްގައި 19 ކުޅުންތެރިން، އަންހެން ޑަބަލްސްގައި 4 ކުޅުންތެރިން އަދި މިކްސް ޑަބަލްސްގައި 10 ކުޅުންތެރިން ވަނީ ބައިވެރިވެފައިވެއެވެ.
މިއަންނަ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޓީމް
އިވެންޓް މެޗުތައް އެދުވަހު ކުޅޭނެއެވެ. އިންޑިވިޖުއަލް މެޗްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.