މުނިފޫހިފިލުވުން

ސެޓްގެ އާދައިގެ މީހުންނަށް އެހީވާން ކަރަން ބައްޕަގެ ނަމުގައި ފައުންޑޭޝަނެއް


ބޮލީވުޑްގެ މަޝްހޫރު މަޝްހޫރު ޑައިރެކްޓަރ، ޕްރޮޑިއުސަރު ކަރަން ޖޯހަރު އެނާގެ ބައްޕަގެ ހަނދާނުގައި ހާއްސަ ފައުންޑޭޝަނެއް އުފައްދައިފިއެވެ.

ކަރަން ބުނީ އޭނާގެ ބައްޕަގެ ނަމުގައި އުފެއްދި " ޔާޝް ޖޯހަރް ފައުންޑޭޝަން" ގެ އެންމެ ބޮޑު އަމާޒަކީ ހިންދީ ފިލްމީ އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދީ ބޭނުންވާ ޒަރުރީ ބޭނުންތައް ފުއްދައިދިނުންކަމަށެވެ.

ފައުންޑޭޝަން ލޯންޗުކުރުމަށްފަހު ކަރަން ދިން މެސެޖްގައި ބުނެފައިވަނީ އޭނާގެ ބައްޕަ ޔާޝް ޖޯހަރަކީ ފިލްމީ މަސައްކަތުގެ ހުރިހާކަމަކަށް ލޯބިކުރި މީހެއްކަމަށެވެ. އެގޮތުން ފިލްމެއްގެ ސެޓަށް ވަންނަ ހިސާބުން އެއީ މުޅިން ތަފާތު މީހެއްކަމަށްވެސް ކަރަން ބުނެއެވެ. އަދި ފިލްމީ އިންޑަސްޓްރީ ނަގާ ކޮޅަށް ޖެހުމުގައި މަސައްކަތް ކުރާ އެކްޓަރުން ފެށިގެން ސޮޕްޓް ބޯއީސްއާއި ކެމެރާމަނުންނާއި ވީޑިއޯ އެޑިޓަރުންނަކީވެސް ބައްޕަ ވަރަށް ލޯބިވާ ބައެއްކަމަށްވެސް ކަރަން ކޯހަރު ބުނެއެވެ.

ކަރަން ބުނީ ބައްޕަގެ ނަމުގައި އުފެއްދި ފަޑުންޑޭޝަންގެ މުހިއްމު ތިން މަސައްކަތެއް އޮންނާނެކަމަށެވެ. އެއީ މާލީ އެހީތެރިކަމާއި، ސިއްހަތާއި ތައުލީމާއި ތަމްރީނުކަމަށެވެ. އަދި ކޯވިޑްގެ މި ހާލަތާއި ގުޅިގެން އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މިވަގުތުން ވަގުތަށް ގެދޮރާއި ކާނާގެ އިތުރުން ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭން ފަށާނެކަމަށްވެސް ކަރަން ޖޯހަރު ބުނެއެވެ.

ބޮލީވުޑްގައި އެންމެ ކާމިޔާބު ޕްރޮޑަކްޝަން ހައުސް ދަރްމާ ޕްރޮޑަކްޝަން އަކީ ކަރަން ޖޯހަރުގެ ބައްޕަ ޔާޝް ޖޯހަރުގެ ފެށުމެވެ. ސުނިލް ދަތްގެ ޕްރޮޑަކްޝަން ހައުސް އިން ކެރިޔަރ ފެށި ޔާޝް ޖޯހަރު 1976 ވަނައަހަރު އުފެއްދި އޭނާގެ އަމިއްލަ މި ޕްރޮޑަކްޝަން ހައުސްއިން ވަނީ ހިންދީ ސިނަމާތަކުގައި ހިޓް އެތައް ފިލްމެއް އުފައްދާފައެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި އަމިތާބާއި އެކު އުފެއްދި " ދޯސްތާނާ " ، "އަގްނީޕަތް" ހިމެނެއެވެ. އަދި އޭގެ ފަހުން ޝާހުރުކް ހާން ހިމަނައިގެން އުފެއްދި " ޑުބްލިކޭޓް"، "ކުޗްކުޗް ހޯތާ ހޭ" ، "ކަބީ ހުޝީ ކަބީ ގަމް" އަދި " ކަލްހޯނާ ހޯ " އަކީ ހިންދީ ސިނަމާތަކުގައި ރެކޯޑް ޤާއިމިކޮށްފައިވާ ސުޕަރހިޓް ފިލްމުތަކެވެ.