މުނިފޫހިފިލުވުން

6 އަހަރަށްފަހު ރަންބީރާއި އިމްތިޔާޒު އަނެއްކާވެސް އެއްކޮށް


2015 ވަނަ އަހަރު ދެއްކި ސައިކޮލޮޖިކަލް ރޮމޭންސް ފިލްމު "ތަމާޝާ" އަށްފަހު ރަންބީރު ކަޕޫރު އަނެއްކާވެސް ޑައިރެކްޓަރ އިމްތިޔާޒު ޢަލީއާއެކު އެހެން ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

ގިނަ ބަޔަކު ހީކޮށްގެންތިބީ މި ފިލްމަކީ އިމްތިޔާޒު މިހާރުވެސް މަސައްކަތްކުރަމުން އަންނަ ޕަންޖާބީ މިޔުޒިކްގެ ހުނަރުވެރިޔާ އަދި ލަވަކިޔުންތެރިޔާ އަމަރް ސިންގް ޗަމަކިއްލާގެ މައްޗަށް ހަދާ ބަޔޯޕިކް ކަމަށެވެ. އެހެންނަމަވެސް ރަންބީރު ފެނިގެންދާނީ މި ފިލްމުގައި ނޫންކަމަށް ހަބަރުތައް ބުނެއެވެ.

އިމްތިޔާޒު މިހާރު ދެ ސްކްރިޕްޓެއް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މީގެތެރެއިން އެއް ސްކްރިޕްޓަކީ އަމިއްލައަށް މަރުވުމުގެ ހާދިސާތަކެއްގެ މައްޗަށް ލިޔާ ސްކްރިޕްޓްކެވެ. އަނެއް ސްކްރިޕްޓްގެ އަދި އޮތީ ސިއްރެއްގެ ގޮތުގައިކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ރަންބީރުގެ ކުރިއަށް ހުރި ފިލްމުތަކަށް ބަލާއިރު ސިނަމާތަކުގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ވާނީ ކަޕޫރު އަދި ސަންޖޭ ދަތުވެސް މުހިންމު ރޯލުންތަކުން ފެނިގެންދާނެ ޔާޝް ރާޖް ފިލްމްސްގެ ޑެކޮއިޓް ޑްރާމާ '"ޝަމްޝޭރާ" ހިމެނެއެވެ. މީގެ އިތުރުން އަޔާން މުކަރްޖީގެ ފެންޓަސީ ޑްރާމާ "ބްރަމަސްތްރާ" އަކީވެސް ރަންބީރުގެ ކުރިއަށް އޮތް ފިލްމެކެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ބެނާރގައި ކަރަން ޖޯހަރު ޕްރޮޑިއުސްކުރާ މި ފިލްމުގައި އާލިއާ ބަޓް އަންހެން ލީޑް ރޯލުން ފެނިގެންދާއިރު އަމީތާބު ބައްޗަން އަދި މޯނީ ރޯއީ ވެސް ފެނިގެންދާނެއެވެ. މީގެއިތުރުން ލަވް ރަންޖަން ޑައިރެކްޓްކޮށް ޝަރްދާ ކަޕޫރާއެކު ފުރަތަމަ ފަހަރަށް ރަންބީރު ފެނިގެންދާ ރޮމޭންޓިކް ފިލްމެއްވެސް މި ލިސްޓްގައި ހިމެނެއެވެ.

ހިންދީ ސިނަމާގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި ޑައިރެކްޓަރ އިމްތިޔާޒު ޢަލީ ވަނީ "ޖަބް ވީ މެޓް" ، "ލަވް އާޖްކަލް" ، "ރޮކްސްޓާރ" ، "ހައި ވޭ" އަދި "ތަމާޝާ" ފަދަ ރީތި ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާފައެވެ.