މުނިފޫހިފިލުވުން

"ޝަންގް-ޗީ" ޓްރެއިލަރ ކަމުދޭ ؟


މާވެލްގެ މިއަހަރުގެ ސުޕަރ ހީރޯތަކުގެ ތެރެއިން އަންނަން ތައްޔާރުވަމުންދާ "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް"ގެ އައު ޓްރެއިލަރއެއް ދައްކާލައިފިއެވެ.

މީ މާވެލުން އޭޝިއާ ދަރިކޮޅަކަށް ނިސްބަތްވާ އެކްޓަރަކާއި އެކު ސްކްރީނަށް އަންނަ ސުޕަރ ހީރޯއެކެވެ. މި ފިލްމުގައި ޝަންގް-ޗީގެ ރޯލުން ފެނިގެންދަނީ ކުންފޫގެ މާސްޓަރ ސިމޫ ލިއުއެވެ. ދެން ހިމެނޭ ތަރިންގެ ތެރޭގައި އޯކަފީނާ، ޓޯނީ ލިއަން ޗާވޭ ހިމެނެއެވެ. ޑެސްޓިން ޑެނިއަލް ކެރެޓަން ޑައިރެކްޓްކުރި މި ފިލްމު ސްކްރީންތަކަށް އަންނަނީ އަންނަ ސެޕްޓެމްބަރު މަހުގެ 3 ވަނަދުވަހުއެވެ.

ސުޕަރ ހީރޯ ފިލްމުތަކުގައި ރަސްކަންކުރާ މާވެލް ސްޓޫޑިއޯއިން އެމީހުންގެ ކުރިއަށް ހުރި ފިލްމުތަކުގެ ކަލަންޑަރު ފޭނުންނަށް ވަނީ ދައްކާލާފައެވެ.

މިއަހަރުގެ ކަލަންޑަރަށް ބަލާއިރު އެންމެ ކުރިން ސްކްރީންތަކަށް އަންނަން އޮތީ ސްކާލެޓް ޖޯހަންސަންގެ "ބްލެކް ވިޑޯ" އެވެ. މި ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ މަހުގެ 2 ވަނަދުވަހުއެވެ. ދެން މިއަހަރަށް އޮތީ އެންމެ ގިނަ ބަޔަކު މިހާރުވެސް އިންތިޒާރުކުރަމުން އަންނަ އެއް ފިލްމެވެ. އެންޖަލީނާ ޖޮލީގެ " އެޓަރނަލްސް" އެވެ. އެންޖަލީނާ ޖޯލީގެ ފޭނުންނާއި ހަމައަށް މި ފިލްމު މިހާރު ތާވަލުކޮށްފައިވާ ގޮތުން އަންނަނީ ނޮވެމްބަރު މަހުގެ 5 ވަނަދުވަހުއެވެ.

އަހަރުގެ އެންމެ ފަހަތަށް އޮތީ އެންމެ ބޮޑު އެއް ސުޕަރ ހީރޯއެވެ. "ސްޕައިޑަރ މޭން " ސީރީޒްގެ ތިންވަނަ ފިލްމެވެ. "ސްޕައިޑަރ މޭން - ނޯވޭ ހޯމް " އެވެ. މި ފިލްމާއި އެކު އަހަރު ނިންމާލާއިރު މި ފިލްމު ސިނަމާތަކަށް އަންނަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

މި އަހަރުގެ ކަލަންޑަރާއި އެކު އަންނަ އަހަރުގެ ދޫކޮށްލާނެ ބައެއް ފިލްމުތައްވެސް މާވެލް ފޭނުންނަށް އެ ސްޓޫޑިއޯއިން މިވަނީ ދައްކާލާފައެވެ. މިގޮތުން އަންނަ އަހަރުގެ އެންމެ ކުރީގައި މިއޮތީ " ޑޮކްޓަރ ސްޓްރޭންޖް - އިން ދަ މަލްޓިވާސް އޮގް މޭޑްނަސް" އެވެ. އަންނަ އަހަރު މި ފިލްމަ ސިނަމާތަކަށް އަންނަނީ މާރިޗު 25ގައެވެ. "ތޯ" ގެ ސިީރީޒަށް ލީބިކުރާ މީހުންނަށް އޮތް ހަދިޔާ
" ތޯ ލަވް އެންޑް ތަންޑަރ " ސިނަމާތަކަށް އަންނަނީ އަންނަ އަހަރުގެ މޭމަހުގެ 6 ވަނަދުވަހުއެވެ.

އަންނަ އަހަރުގެ ލިސްޓުގައި ދެން އޮތީ "ބްލެކް ޕެންތާ- ވަކެންޑާ ފޯއެވާ" " ދަ މާވެލްސް" " އެންޓް-މޭން އެންޑް ދަ ވާސްޕް - ކުއަންޓަމްމޭނިއާ " އަދި "ގާޑިއަން އޮފް ދަ ގެލެކްސީ ވޮލިއުމް 3 " އެވެ.