ސެންޓްރަލް ޒޯން ބީޗް ވޮލީ އަންހެން މުބާރާތް ރާއްޖޭގައި ކިރިޔާވެސް ބޭއްވޭކަމަށްވާނަމަ، އެމުބާރާތް ބައްވަން މަސައްކަތް ކުރާނެކަމަށް މޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވެއްޖެއެވެ.
ސެންޓްރަލް ޒޯން އަންހެން ބީޗް ވޮލީ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ތާވަލްކޮށްފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މާލޭގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަން ބަންދުކޮށްފައިވާއިރު، މިހާރު މާލޭގެ ކޯވިޑް-19ގެ ހާލަތު އަންނަނީ ރަނގަޅު ވަމުންނެނެވެ. އަދި މިހާރު މާލެއިން ކޯވިޑް-19އަށް ފައްސިވަމުން އަންނަ މީހުންގެ އަދަދުވެސް އަންނަނީ މަދުވަމުންނެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ އޭވީސީގެ ކަލަންޑަރުގައި މުބާރާތް ބޭއްވުމަށް ތާވަލްކޮށްފައިވުމުންނާއި މިހާރު ކޯވިޑް-19ގެ ހާލަތަށް ބަލާފަ، ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަށް މިހާރުވަމުންދާކަމަށް ރަނޭޝް ވިދާޅުވިއެވެ. ކޯވިޑް-19ގެ އަދަދުތައް ދައްވުމާއި ގުޅިގެން އެހެން ގައުމްތަކުންވެސް ބައިނަލްއަގްވާމީ މުބާރާތްތައް ކުރިއަށްދާއިރު، އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް ވިދާޅުވީ ކޯވިޑް-19އިން އަރައިގަތުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާނެކަމަށާއި މިހާރުވެސް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއެކު ކޯވިޑް-19ގެ ކޭސްތައް ދައްވެ ކުޅިވަރު މުބާރާތް ބޭއްވޭނެކަމަށް އުއްމީދުކުރާކަމަށް ރަނޭޝް ވިދާޅުވިއެވެ. އަދި މިހާރު އެމުބާރާތް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު މަޑުމަޑުން ވަމުންދާކަމަށްވެސް ރަނޭޝް ވިދާޅުވިއެވެ.
ދޮންގަނޑު ބީޗް ވޮލީ ކޯޓްގައި މިހާރު ވަށައިގެން ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށްދާއިރު، 550 ފުޓް ދިގު އަދި އުސްމިނުގައި 9 ފޫޓް މިފެންސްގައި ހުންނާނެއެވެ. ފުރަތަމަ ފޭސްގައި ފެންސުޖެހުމުގެ މަސައްކަތް ކުރިއަށްދިޔަ ނަމަވެސް ދެވަނަ ފޭސްގައި 2 ސިޑިބަރި ލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ވީއޭއެމްއިން މަޢުލުމާތުދިނެވެ. 2 ސިޑި ބަރީގައި 200ވުރެއް ގިނަ މީހުންނަށް ތިބެވޭނެކަމަށްވެސް ވީއޭއެމްއިން މަޢުލުމާތުދެއެވެ.
ސެންޓްރަލް ޒޯން އަންހެން ބީޗް ވޮލީ މުބާރާތް ސެންޓްރަލް ޒޯން ގައުމްތަކުގެ ތެރެއިން ބަންގްލަދޭޝް، ނޭޕާލް، ކިރިގިސްތާން އަދި ތުރުކުމަނިސްތާން މިމުބާރާތުގައި ބައިވެރިވާނެއެވެ.