މުނިފޫހިފިލުވުން

ރާޖުކުމާރު ހިރާނީ ޝާހާއިއެކު ކޮމެޑީއެއް


ބޮލީވުޑް ސުޕަރ ސްޓަރ ޝާހުރުކްޚާން ފިލްމީ މަސައްކަތެއް ނުކޮށް ހުންނަތާ 4 އަހަރު ފަހުން ފަހުން އަނެއްކާވެސް މިވަނީ ފިލްމް ސެޓަށް ޝޫޓިންތަކަށް ނުކުންނަން ފަށާފައެވެ. ޝާހު އަލަށް ސެޓަށް ނުކުންނަށް މި ފެށީ މުމްބާއީގައި އެޅި ހަރުކަށި ފިޔަވަޅުތަކާއި އެކު ހުއްޓިފައި އޮތް "ޕަޓާން"ގެ މަސައްކަތަށެވެ. ޝާހުގެ އިތުރުން ޖޯން އަބްރަހަމް އަދި ދިޕިކާވެސް މުހިއްމު ރޯލަކުން ފެނިގެންދާ މި ފިލްމު އަންނަ އަހަރުގެ ބޮޑު އީދަށް ނެރެން ޓީމުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އަލުން ސެޓްތަކަށް ޝޫޓިންތަކަށް ޝާހު ނުކުތް އިރު އެނާ ކުޅެން ހުރި ފިލްމަތަކުގެ ބޮޑު ދިގު ކިއުއެއް މިހާރު އެބަ އޮތެވެ. މީގެތެރެއިން ޝާހުގެ ފޭނުންގެ ލޮލުގައި އަޅައިގަންނަ އެންމެ ބޮޑު ކަމަކަށް އޮތީ ރާޖްކުމާރު ހިރާނީ އާއި އެކު ޝަހު ފަށާ ފިލްމެވެ. މި ފިލްމާއި ބެހޭ މާ ބޮޑު ތަފްސީލެއް އަދި އާއްމު ނުވިނަމަވެސް ޝާހާއި އެކު ލީޑްރޯލުން ފެނިގެންދާނީ ތާޕްސީ ޕަންނޫކަން ވަނީ ޔަޤީންވެފައެވެ.

ރާޖްކުމާރު ހިރާނީގެ ޕްރޮޑަކްޝަން ޓީމުން ބުނީ އަންނަ ސެޕްޓެމްބަރުމަހު ފިލްމުގެ މަސައްކަތް ފަށާ އަންނަ އަހަރުގެ ޖެނުއަރީއަށް މަސައްކަތް ނިންމާލުމަށް ކަންކަން ރާވަމުން އަންކަމަށެވެ. އެންޓަޓައިންމެންޓް މި ކޮމެޑީ އަކީ ރާޖްކުމާރު ހިރާނީއާއި ކަނިކާ ޑިލޮންގެ ސްކްރިޕްޓެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމު ބިނާވެފައިވަނީ ޕަންޖާބުން ކެނެޑާއަށް ހިޖުރަކުރާ މީހެއްގެ ވާހަކަތަކެއްގެ މައްޗަށްކަމަށްވެއެވެ.

މީ އިންޑިއާގެ އެންމެ ކާމިޔާބު ޑައިރެކްޓަރާއި އެކު ފަހުގެ ތާރީހެއްގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ. މީގެކުރިން ރާޖްކުމާރި ހިރާނީ ޑައިރެކްޓްކުރި "މުންނާ ބައި" ވެސް ފުރަތަމަ ހުށައެޅި ޝާހަށްކަމަށްވެއެވެ.

ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބެއް ނުލިބުނު 2018ވަނަ އަހަރު ދެއްކި އާނަންނަދު ލެހެރާއީގެ ފިލްމު "ޒީރޯ" އަށް ފަހު ޝާހު ވަނީ ފިލްމީ މަސައްކަތްތަކުން ދިގު ބްރޭކެއް ނަގާފައެވެ. 29 އަހަރުގެ ކެރިއަރުގައި މިހާ ދިގު ބްރޭކެއް ޝާހު ނެގި މީ ފުރަތަމަ ފަހަރެވެ.