ކުޅިވަރު

ގުރޫފް ސްޓޭޖްގެ ފަހު މެޗްގައި އުރުގުވާއީއިން ޕެރަގުއޭގެ މައްޗަށް ކުރި ހޯދައިފި


ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގުރޫފް ސްޓޭޖްގެ ފަހު މެޗްގައި އުރުގުވާއީއިން ޕެރަގުއޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

އުރުގުއާއީ ކާމިޔާބުކޮށްފައިވަނީ އެޑިސަން ކަވާނީ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުންނެވެ. މިއީ ޕެނަލްޓީއަކުން ކަވާނީ ކާމިޔާބުކޮށްދިން ލަނޑެކެވެ. މިމެޗްގައި އުރުގުއާއިން މޮޅަށް ކުޅުނު ނަމަވެސް، އެއް ލަނޑަށް ވުރެއް ގިނަ ލަނޑު ޖަހަން އެޓީމަށް ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. ޕެރަގުއާއީގެ ޑިފެންސް ވަރުގަދަކަމުން އުރުގުއާއީއަށް އެޓީމް އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަށް ވެސް ވަނީ ނާކާމިޔާބުވެފައެވެ.

އާޖެންޓީނާ އިން ގްރޫޕް އޭގެ އެއް ވަނަ ހޯދީ 10 ޕޮއިންޓާ އެކު. ދެ ވަނައިގައި ނިންމާލީ ރޭ ޕެރަގުއޭ އަތުން މޮޅުވި އުރުގުއޭއެވެ. އެ ޓީމަށް ވަނީ ހަތް ޕޮއިންޓް ލިބިފައެވެ. ތިން ވަނަ އަށް ދިޔައީ ހަ ޕޮއިންޓް ހޯދި ޕެރަގުއޭއެވެ. މި ގްރޫޕުން ހަތަރު ވަނަ ޓީމުގެ ގޮތުގައި ކުއާޓާގެ ޖާގަ ހޯދީ ފަސް ޕޮއިންޓް ހޯދި ޗިލީއެވެ. އެންމެ ފުލަށް ދިޔަ ބޮލިވިއާ އަށް ޕޮއިންޓެއް ނުލިބި ވަނީ ކަޓައިފައެވެ. ކުއާޓާ ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ އެކުއެޑޯއާއެވެ. މި މެޗް ކުޅެން ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ފަތިހު ރާއްޖޭގެ ގަޑިން 6 ޖަހާއިރުއެވެ.