ކުޅިވަރު

ގައިޑްލައިނާއެކު އެކުވެނި ސިންތަޓިކް ޓްރެކް ހުޅުފައިވި


ކޯވިޑް-19އާއި ގުޅިގެން އެކުވެނި ސިންތަޓިކް ޓްރެކް ބަންދުކުރުމަށްފަހު އެޗްޕީއޭގެ ހުއްދައާއެކު އެކުވެނި ސިންތަޓިކް ޓްރެކް ހުޅުވައިފިއެވެ.

މާލެ ސަރައްހަދުގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ މޭ މަހުގެ 4ވަނަ ދުވަހު އެކުވެނި ސިންތަޓިކް ޓްރެކް ބަންދު ކުރުމުގެ އިތުރުން ކުޅިވަރު މުބާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަންވެސް ބަންދުކޮށްފައެވެ. ނަމަވެސް މިހާރު މާލޭ ސަރައްހަދުގެ ކޯވިޑް-19ގެ ކޭސްތައް މަދުވާން ފެށުމާގުޅިގެން އެޗްޕީއޭއިން ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. އެގޮތުން އެކަނި ކުރެވޭ ކަސްރަތު ކުރުމަށް ވަނީ ހުއްދަ ދީފައެވެ. ޔޫތް މިނިސްޓްރީއިން ބުނީ އެކުވެނި ސިންތަޓިކް ޓްރެކް ހުޅުވިކަމުގައި ވީނަމަވެސް، ޓްރެކްގައި ކަސްރަތުކުރުމާއި ގައިދުރުކަން ބެހެއްޓުމާއި ޓްރެކަށް މީހުން ވަދެ ނިކުމެ އުޅުމުގައި ރައްކާތެރިކަމާއެކު ވަދެ ނިކުމެ އުޅުމުގެ އިންތިޒާމް މިނިސްޓްރީއިން ހަމަޖައްސައިދޭނެކަމަށެވެ.

ޔޫތް މިނިސްޓްރީން ބުނީ އެކުވެނި ސިންތަޓިކް ޓްރެކަށް އެއް ފަހަރާ 800 ވުރެއް ގިނަ މީހުންނަށް ކުރިން ކަސްރަތު ކުރުމަށް ވަދެއުޅުވުނު ނަމަވެސް، މިއާ ގައިޑްލައިގެ ދަށުން އެކަނި ކަސްރަތު ކުރުމަށް އެއް ފަހަރާ ވަނުމަށް ހުއްދަ މިހާރު ދެވޭނީ 600 މީހުންނަށްކަމަށާއި ކަސްރަތު ކުރުމުގައި ގައި ދުރުކަން ބެހެއްޓުމުގެ އިތުރުން ކަސްތަރުކޮށް ނިމުމަށްފަހު، ވީހާވެސް އަވަހަކަށް އެކުވެނި ސިންތަޓިކް ޓްރެކް ދޫކޮށް ދިއުމަށްވެސް ޔޫތް މިނިސްޓްރީއިން އިލްތިމާޒްކޮށްފައިވެއެވެ. އަދި މިހާރު އަލަށް އެކުލަވާލާފައިވާ ގައިޑްލައިނަށް މީހުން އަމަލްކުރޭތޯ މިނިސްޓްރީއިން ބަލާނެކަމަށްވެސް ޔޫތް މިނިސްޓްރީއިން މަޢުލުމާތު ދީފައިވެއެވެ.