މުނިފޫހިފިލުވުން

"ބްލެކް ޕެންތާ" ގެ ސީކުއަލް ޝޫޓިންތައް އެޓްލަންޓާގައި


2018 ވަނަ އަހަރު ދެއްކި ބްލޮކްބާސްޓަރ ފިލްމު "ބްލެކް ޕެންތާ" ގެ ސީކުއަލް "ވެއިކަންދާ ފޯއެވަރ" ގެ މަސައްކަތް ފަށައިފިއެވެ. ފިލްމުގެ މަސައްކަތް އެޓްލާންޓާގެ ޕައިން ވުޑް ސްޓޫޑިއޯގައި އަންގާރަ ދުވަހު ފަށާފައިވާ ކަމަށް މާރވެލް ސްޓޫޑިއޯގެ ރައީސް ކެވިން ފީޖް ވަނީ ބުނެފައެވެ.

އޮރިޖިނަލް ފިލްމުގައި ހިމެނޭ ހުރިހާ ކާސްޓުންގެ ތެރެއިން ޗާޑްވިކް ބޯސްމެން ފިޔަވާ ދެން ތިނި ހުރިހާ ތަރިންވެސް މި ފިލްމުގައި ފެނިގެންދާނެކަމަށް ކެވިން ބުނެއެވެ. އެކްޓަރ ޗާޑްވިކް ބޯސްމެން ވަނީ ކޮލޯން ކެންސަރު ބަލީގައި ހަތަރު އަހަރު އުޅުމަށްފަހު މިދިޔަ އަހަރު މަރުވެފައެވެ.

ރޭޔަން ކޫގްލަރ ޑައިރެކްޓްކުރާ މި އިންސްޓޯލްމެންޓުގެ ސްކްރީން ޕްލޭވެސް ލިޔަނީ ރޭޔަން އެވެ. ފިލްމު ރިލީޒް ކުރަން މިހާރު ތާވަލުކޮށްފައި އޮތީ އަންނަ އަހަރު ޖުލައި 8 ވަނަ ދުވަހުއެވެ.

2018 ވަނަ އަހަރު ފެބްރުއަރީ މަހު ރިލީޒްކުރި "ބްލެކް ޕެންތާ" ވެގެން ދިޔައީ ބޮޑު ހިޓަކަށެވެ. ދުނިޔޭގެ އެކިކަންކޮޅުގައި ދެއްކި މި ފިލްމުން 1.34 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ލިބިފައެވެ. މިއާއެކު މި ފިލްމު ވެގެން ގޮސްފައިވަނީ ނޮން އެވެންޖާރސް ފިލްމުތަކުގެ ތެރެއިން މާރވެލް އަށް އެންމެ ބޮޑު ފައިދާއެއް ހޯދައިދިން ފިލްމަށެވެ.

ހަތް އެކަޑަމީ އެވޯޑަށް ނޮމިނޭޓް ވެފައިވާ މި ފިލްމަށްވަނީ އޮސްކާގެ އެންމެމޮޅު ކޮސްޓިއުމް ޑިޒައިން އަދި ޕްރޮޑަކްޝަން ޑިޒައިންގެ އެވޯޑް ލިބިފައެވެ.