ކުޅިވަރު

ފަހު ވަގުތު ބަންގްލަދޭޝްއިން ވެސް އޭއޭފްސީ ކަޕްގެ މެޗްތައް ބާއްވަން ބިޑްކޮށްފި


އެންމެ ފަހު ވަގުތު ބަންގްލަދޭޝްއިން ވެސް އޭއޭފްސީ ކަޕްގެ ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕްގެ މެޗްތައް ބާއްވަން ބިޑްކޮށްފިއެވެ.

އޭއޭފްސީ ކަޕްގެ ދެކުނު އޭޝިޔާއަށް ޚާއްސަ ގުރޫޕް، ގުރޫޕް ޑީގައި ރާއްޖޭގެ މާޒިޔާ އޮތްއިރު، ކޮލިފައިންގައި ރާއްޖޭގެ މާޒިޔާ އާއި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކޮށް މޮޅުވާ ޓީމަކަށް މި ގުރޫޕުން ޖާގައެއް ލިބޭނެއެވެ. ރާއްޖޭގެ ޓީމުތަކަށް ލިބޭނެ ގެއްލުމަކަށް ބަލާފަ ރާއްޖެއިން ވެސް ވަނީ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގެ މެޗްތައް ބާއްވަން ބިޑްކޮށްފައެވެ. ރާއްޖެ އާއި ބަންގްލަދޭޝް ފިޔަވާ އެހެން އެއްވެސް ގައުމަކުން ގުރޫޕް ޑީގެ މެޗްތައް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން އެނގިފައެއް ނެތެވެ. ބަންގްލަދޭޝްއިން ގުރޫޑް ޑީގެ މެޗްތައް ބޭއްވުމަށް ބިޑްކޮށްފައިވާއިރު، މި ގުރޫޕްގައި ހިނެނޭ ބަޝުންދުރާ ކިންގްސްއިން ބޭނުންވަނީ ސިލްހެޓް ސިޓީގައި މެޗުތައް ކުޅުމަށެވެ. އާންމު ގޮތެއްގައި ބަންގްލަދޭޝްގައި ކުޅޭ މެޗްތައް ކުޅެނީ ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައެވެ. ނަމަވެސް މިހާރު އެ ސްޓޭޑިއަމްގެ މަރާމާރުގެ މަސައްކަތް ކުރިއަށް ދާތީއާއި ކޯވިޑް-19 ގެ ހަލާތަށް ބަލާއިރު ޑާކާގެ ހާލަތު ރަނގަޅު ނުވުމަކީ ވެސް ބަންގުބަންދު ސްޓޭޑިއަމްގައި މެޗްތައް ނުކުޅެން ނިންމާފައިވާ ސަބަބެކެވެ.

މި ގުރޫޕްގައި ހިމެނޭ ބަޝުންދުރާ ކިންގްސްއިން ވަނީ އެގައުމުގެ ލީގް ނިމުމާއެކު އޭއެފްސީ ކަޕްގެ މެޗްތައް އެގައުމްގައި ބޭއްވުމަށް އޭއެފްސީގައި ވަނީ އެދިފައެވެ.

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕް، ގުރޫޕް ޑީގައި އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއެވެ. އެ ގްރޫޕްގެ ފަހު ޖާގަ ލިބޭނީ ޕްލޭއޮފް ބުރުގައި ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫ އެފްސީ ވާދަކޮށް މޮޅުވާ ޓީމަށެވެ.