ކުޅިވަރު

ލަލީގާ މެޗުތައް ތިން އަހަރަށް ފަހު ޓީވީތަކަށް


ޓީވީން ލަލީގާ މެޗުތައް ދައްކަން ނިންމައިފިއެވެ. ދުނިޔޭގެ އެންމެ ގިނަ މީހުން ބަލަމުންދާ އެއް ލީގް ކަމަށްވާ ސްޕެނިޝް ލީގް މިދިޔަ 3 އަހަރު އިންޑިއަން ސަބް ކޮންޓިނެންޓަށް ދައްކަމުން އައިސްފައިވަނީ ފޭސްބުކް މެދުވެރިކޮށެވެ. މިދިޔަ އަހަރު ފޭސްކުން މެދުވެރިކޮށް ލަލީގާ ދެއްކިނަމަވެސް އަލަށް މިފެށޭ ސީޒަންގައި ލަލީގާގެ ރައިޓްސް އިންޑިއަން ސަބް ކޮންޓިނެންޓަށް ދެއްކުމަށް ގަނެފައި ވަނީ ވަޔަކޮމް18 ޔޫތު ޗެނަލެކެވެ.

އިންޑިއަން ސަބް ކޮންޓިނެންޓަކީ 1.3 ބިލިއަން މީހުންނަށް ވުރެ ބޮޑު އާބާދީއެއް ކަމަށާއި ލަލީގާ އަށް އަހަރެއްގެ މައްޗަށް ބަލާއިރު މި ސަރަހައްދުން ބޮޑު މާލީ މަންފާއެއް ލަލީގާއަށް ލިބެއެވެ. އެންމެ ކުރިން ސޮނީ ޕިކްޗާ ނެޓްވޯކުން ލަލީގާގެ ރައިޓްސް ގަތީ ސީޒަނަކަށް 32 މިލިއަން ޑޮލަރަށެވެ. ރިޕޯޓްތައް ބުނާގޮތުން ތިން އަހަރު ކުރިން ފޭސްބުކް އިން އެ ރައިޓްސް ހޯދީ ސީޒަނަކަށް ބަލާއިރު، 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ލަލީގާ އަށް ފައިސާ ލިބޭ ޑީލެއްގެ ތެރެއިންނެވެ. މި ފަހަރު އަލުން ވަޔަކޮމް18 އަށް ލަލީގާގެ ރައިޓްސް ވިއްކި އަގެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.