ޚަބަރު

ފުރަތަމަ ފަހަރަށް ބާޓީ ވިންބަލްޑަން ކާމިޔާބުކޮށްފި


ދުނިޔޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ އޮސްޓުރޭލިއާގެ އޭޝްލީ ބާޓީ ފުރަތަމަ ފަހަރަށް ވިންބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފިއެވެ.

އަންހެން ސިނަގަލްސްގެ ޗެންޕިޔަންކަން އޭޝްލީ ބާޓީ ހޯދީ ފައިނަލުގައި ދުނިޔޭގެ އަށްވަނަ ކުޅުންތެރިޔާ ޗެކު ރިޕަބުލިކުގެ ކެރޮލީނާ ޕުލިސްކޮވާ ބަލުކުރުމަށްފަހުއެވެ. އެންމެ ފަހުގެ ފްރެންޗު އޯޕަންގެ ޗެންޕިޔަން ބަރޓީ ވިންބަލްޑަން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. އެ ގޮތުން އެއް ގަޑިއިރާ 56 މިނެޓަށް ކުޅުނު ފައިނަލް މެޗު ބާޓީ ކާމިޔާބުކުރީ 6-3، 7-6 އަދި 6-3ކުންނެވެ. 25 އަހަރުގެ ބާޓީވަނީ މެޗު ފެށިގެން ނިމެންދެން މޮޅު ކުޅުމެއް ދައްކާފައެވެ. ބާޓީއަށްވުރެ 8 އިންޗި ދިގު ޕުލިސްކޮވާއަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގައި ބާޓީވަނީ ފުރަތަމަ 14 ޕޮއިންޓު ހޯދައި ޕުލިސްކޮވާއަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކޮށްފައެވެ.

މުބާރާތުގެ ފައިނަލަށް ބާޓީ ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެ މެޗުތަކުން އޭނާއަށް ގެއްލިފައިވަނީ އެންމެ ސެޓެކެވެ.