ޚަބަރު

6ވަނަ ފަހަރަށް ޖޯކޮވިޗު ވިންބަލްޑަން ކާމިޔާބުކޮށްފި


ނޯވަކް ޖޯކޮވިޗު ވިންބަލްޑަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފިއެވެ. އެއީ އޭނާ ގުރޭންޑު ސުލްމެއް ކާމިޔާބުކުރި 20ވަނަ ފަހަރެވެ. އެއީ ރޮޖަރ ފެޑޭރާއާއި ރަފަޔަލް ނަޑާލުވެސް ގުރޭންޑު ސުލްމު ކާމިޔާބުކޮށްފައިވާ ޢަދަދާ އެއްވަރު ޢަދަދެކެވެ. އަދި އެއީ ޖޯކޮވިޗު ކާމިޔާބުކުރި 6ވަނަ ވިންބަލްޑަން މުބާރާތެވެ.

ޖޯކޮވިޗު ވިންބަލްޑަން ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި އިޓަލީވިލާތުގެ މަޓިޔޯ ބެރެޓީނީއާ ވާދަކޮށް 3 ސެޓު 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ ގޮތުން އޭނާ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 6-4 6-4، އަދި 6-3ންނެވެ. 15،000 ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ސެޓުގައި ޖޯކޮވިޗަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެ ސެޓު ބެރެޓީނީ ކާމިޔާބުކޮށްފައިވަނީ 7-6ންނެވެ.

ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ސާބިޔާގެ ޖޯކޮވިޗުވަނީ މި އަހަރުގެ 3 ގުރޭންޑު ސުލޭމު ކާމިޔާބުކޮށްފައެވެ. އެ ގޮތުން ވިންބަލްޑަންގެ އިތުރުން މި އަހަރުގެ އޮސްޓްރޭލިޔަން އޯޕަންއާއު ފުރެންޗު އޯޕަންވެސް ކާމިޔާބުކުރީ ޖޯކޮވިޗެވެ. އޭނާއަކީ ފަހުގެ ތާރީހެއްގައި އެއް އަހަރެއްގެ ތަރޭގައި ތިން މުބާރާތް ކާމިޔާބުކުރި ފަސްވަނަ ކުޅުންތެރިޔާއެވެ.