މުނިފޫހިފިލުވުން

"ދާކަދް" ގައި ކަންގަނާގެ ފުރަތަމަ ލުކް


ހަންގޭރީގެ ވެރިރަށް ބުދާޕެސްޓްގައި ޝޫޓިންތައް މިހާރު ކުރިއަށްދާ ފިލްމު "ދާކަދް"ގައި އެކްޓްރެސް ކަންގަނާ ރަންއުޓް ފެންނާނެ ގޮތް އޭނާގެ އިންސްޓަގްރާމް ޕޭޖްގައި ދައްކާލާއިފިއެވެ. މި ފިލްމުގައި ކަންގަނާ ފެންނާނީ އޭޖެންޓް އަގްނީގެ ރޯލުންނެވެ.

އަންނަ އޮކްޓޫބަރުމަހުގެ 1 ވަނަދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ މި ފިލްމުގެ ޝޫޓިންތައް ފުރަތަމަ ކުރިޔަށް ގެންދިޔައީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައެވެ.

ރާޒްނީޝްގައި ޑައިރެކްޓްކުރާ މި ފިލްމަކީ ސްޕައި ތްރިލަރ އެކެވެ. ކަންގަނާގެ އިތުރުން އަރުޖުން ރާމްޕަލް، މަހާކްސް ޗަކްރަބް އަދި ދިވްޔާ ދައްތާވެސް ފެނިގެންދާނެއެވެ. ފިލްމުގައި އަރުޖުން ރާމްޕަލް ފެންނާނެ ގޮތްވެސް އަރުޖުން ވަނީ މީގެކުރިން ދައްކާލާފައެވެ.

ޕްލެޓިނަމް ބްލޮންޑް އިސްތަށިގަނޑު ޑައިކޮށް އޭނާގެ އިންސްޓްގްރާމްގައި އަރުޖުން ޙިއްޞާކޮށްފައިވާ ފޮޓޯ އަށް ގިނަ ބައެއްގެ ތަރުޙީބުވެސްވަނީ ލިބިފައެވެ. މި އައު ސްޓައިލް އެންމެންނަށްވެސް ވަނީ ވަރަށް ކަމުގޮސްފައެވެ.

"ދާކަދް" ގެ އިތުރުން ފިލްމު "ތަލައިވާ"، ޕީރިއަޑް ޑްރާމާ "މަނިކަރްނިކާ ރިޓާރންސް:ދަ ލެޖެންޑް އޮފް ދިއްދާ" އަދި "ތޭޖަސް" އަކީ ކަންގަނާގެ ކުރިއަށް ހުރި ފިލްމުތަކެވެ. މީގެއިތުރުން ކުރީގެ އިންޑިއާގެ ޕްރައިމް މިނިސްޓަރ އިންދިރާގާންދީގެ މައްޗަށް ހަދާ ފިލްމު "އިމަރޖެންސީ" އަކީވެސް ކަންގަނާގެ ލިސްޓުގައި އަންނަން އޮތް ބޮޑު ޕްރޮޖެކްޓެކެވެ.