ބްރައިޓަންގެ އިނގިރޭސި ޑިފެންޑަރު ބެން ވައިޓު އާސެނަލްއަށް ވިއްކާލުމަށް ބްރައިޓަނުން އެއްބަސްވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.
ބެން ވައިޓް އާސެނަލްއަށް ވިއްކާލުމަށް ބްރައިޓަނުން އެއްބަސްވެފައިވަނީ ގާތްގަނޑަކަށް 60 މިލިއަން ޑޮރަލަށްކަމަށް ރިޕޯޓުތައް ބުނެއެވެ. އާސެނަލުން މީގެ ކުރިން ދެ ފަހަރެއްގެ މަތިންވެސްވަނީ ވައިޓް ގަންނަން މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް އުމުރުން 23 އަހަރުގެ ވައިޓް ވިއްކަން ބޭނުންވާ އަގު ބަރައިޓަނަށް ނުލިބޭތީ އެ ކުލަބުންވަނީ އާސެނަލް މީގެ ކުރިން ކުރި ދެ ބިޑުވެސް އަނބުރާ ފޮނުވާލާފައެވެ. އާސެނަލްއިން ފުރަތަމަ ވައިޓް ގަންގަން ހުށައެޅީ 48 މިލިއަން ޑޮލަރެވެ. މި ބިޑް އަނބުރާ ފޮނުވާލުމުން އާސެނަލުން ދެން ހުށައެޅީ 54 މިލިއަން ޑޮލަރެވެ. މި ދެ ބިޑް ބްރައިޓަނުން އަނބުރާ ފޮނުވާލުމުން އާސެނަލުން މިހާރުވަނީ ބެން ވައިޓް ގަންގަން 60 މިލިއަން ޑޮލަރާއި ގާތްކުރާ ބިޑެއް ހުށައަޅާފައެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އާސެނަލްގެ ތިންވަނަ ބިޑަށް ބަރައިޓަނުންވަނީ އާނ ބަސް ބުނެފައެވެ. ސައުތެމްޓަނުން ފުރުޞަތު ނުލިބުމާއެކު ވައިޓްވަނީ ބްރައިޓަނަށް ބަދަލުވެފައެވެ. ބްރައިޓަނުން މިދިޔަ ސީޒަނުގައި ލޯނު އެއްބަސްވުމެއްގެ ދަށުން ލީޑު ޔުނައިޓެޑަށް ވައިޓް ދޫކޮށްފައިވާއިރު، ނިމިގެންދިޔަ ސީޒަންގައި ބްރައިޓަންވަނީ ލީޑުގައި މޮޅު ކުޅުމެއްދައްކާފައެވެ. އަދި ފަހުން ލީޑުން ވައިޓު ގަންގަން ބޭނުންވެގެން މަސައްކަތްކުރި ނަމަވެސް ބަރައިޓަނުން އޭނާ ދޫކޮށެއްނުލިއެވެ. މިފަހަރުގެ ޓްރާންސްފަރ މާކެޓުގައި އާނެސަލުންވަނީ ބެންފީކާގެ ޑިފެންޑަރު ނޫނޯ ޓަވަރޭސްއާއި ބެލްޖިއަމްގެ އެންޑަލެކްޓަށް ކުޅޭ އަލްބާޓް ސަމްބީ ލޮކޮންގާ ޓީމަށް ގެނެސްފައެވެ.
މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން ވައިޓު މިމަހުގެ ފަހުކޮޅު އާސެނަލްއާއެކު މެޑިކަލް ފުރިހަމަ ކުރާނެކަމަށް ބެލެވެއެވެ.