ރާއްޖެއިން މިއަދު އިތުރު 123 މީހުން ކޯވިޑަށް ޕޮޒިޓިވްވެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 76650އަށް އަރައިފިއެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ އަތޮޅުތެރެއިންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 123 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 29 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 45 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 16 މީހުންނާއި، ސަފާރީތަކުން ޕޮޒިޓިވްވި 4 މީހަކާއި، ތަރައްޤީ ކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 2 މީހަކާއި، ސިނާއީ ރަށްރަށުން 27 މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76750 (ހަތްދިހަ ހަހާސް ހަތްސަތޭކަ ފަންސާހަށް)ވަނީ އަރާފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.
ކޯވިޑަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދު 2500 އަށްވުރެ ދަށަށް ދިއުމަށްފަހު މިހަފްތާތެރޭގައި މިވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން މިހާރު ޖުމްލަ 2646 މީހުން އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 78 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73873 (ހަތްދިހަ ތިންހާސް އަށްސަތޭކަ ހަތްދިހަ ތިނަކަށް) އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6733 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 219 މީހުން ވަނީ ނިޔާވެފައެވެ.