އަމީތާބް ބައްޗަން ގެނެސްދޭ ސޮނީ ޓީވީގެ "ކޯން ބަނޭގާ ކްރޯޑް ޕަތީ" ގެ 13 ވަނަ ސީޒަން ޕްރިމިއަރ ކުރަން މިހާރުވަނީ ހުރިހާ ތައްޔަރީތަކެއް ވެފައެވެ. މި ސީޒަން ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.
ސޮނީން މިހާރު ވަނީ މި ޝޯގެ ޓްރެއިލަރއެއްވެސް ދައްކާލާފައެވެ. ޝޯ ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ޝޯ ފެށުމުގެ ކުރިން މި ފަހަރު ގެނެސްދިން ޓްރެއިލަރތައް ވަރަށް ގިނަ ބަޔަކަށް ކަމުދިތަ އެވެ. 3 ބަޔަކަށް ބަހާލައިގެން ގެނެސްދިން މި ޓްރެއިލަރގައި ދައްކަނީ ފަގީރު އަވަށަކުން އެ އަވަށުގައި ހުރި ސްކޫލެއް ބިނާކުރުމަށް ފައިސާ ހޯދަން މި ޝޯގައި ބައިވެރިވާ ކުރާ މަސައްކަތްތެވެ. އަދި އެ މަސައްކަތުން ޝޯގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދަނީ އަވަށު ރައްޔިތުން އެންމެ ދަށްކޮށްލާފައި ހުންނަ މީހާއަށެވެ. މި ޓްރެއިލަރ ވަރަށް ހިތްގައިމުވެފަ އެތައް ވާހަކަތަކެއް ބުނެދެއެވެ.
Thank you for the overwhelming response on Part 1 and 2. We now present to you the finale of the three part series #KBCFilmSammaanPart3!
— sonytv (@SonyTV) August 10, 2021
Don't forget to tune in to #KBC13 starting 23rd Aug , 9 pm only on Sony #JawaabAapHiHo. pic.twitter.com/Sdmu8sBGza
ހަފްތާއަކު ފަސް ރޭ ދައްކަން ހަމަޖެހިފައިވާ މި ޝޯ ދައްކާނީ ރާއްޖޭގެ ގަޑިން ކޮންމެ ރެއަކު 20:30 ގައެވެ.
ޝޯ ފަށާކަން އިޢުލާން ކުރަމުން އަމީތާބު ވަނީ ޝޯ ގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި މިއީ ޝޯ ހޯސްޓްކުރާތާ 21 ވަނަ އަހަރުކަންވެސް އަމީތާބު ވަނީ ފާހަގަކޮށްފައެވެ.
މި ޝޯ ފަށާފައިވަނީ 2000 ވަނަ އަހަރު ސްޓާރ ޕްލަސްއިންނެވެ. އަދި މިއީ ޝޯގެ 21 ވަނަ އަހަރެވެ.