ޚަބަރު

ހިމްނާ އަނެއްކާވެސް 400 މީޓަރުގެ ރިކޯޑް އާކޮށްފި


އައިޝަތު ހިމްނާ ހަސަން 400 މީޓަރު ދުވުމުގެ އަމިއްލަ ރެކޯޑް އަނެއްކާ ވެސް އާކޮށްފިއެވެ.

ނައިރޯބީގައި މިހާރު ކުރިއަށްދާ ދުނިޔޭގެ 20 އަހަރުން ދަށުގެ މުބާރާތުގައި ދުވެ ހިންނާ 400 މީޓަރުގެ ދުވުމުގެ ރެކޯޑް ގާއިމްކޮށްފައިވަނީ 58.90 ސިކުންނެވެ. ޒުވާން އެތްލީޓު މި ރެކޯޑް އާއެކުރިއިރުގައި ކުރިންވެސް މި ރެކޯޑް އޮންނަނީ ހިމްނާ އަތުގައެވެ. މީގެ ކުރިންވެސް ހިމްނާވަނީ 400 މީޓަރުގެ ދުވުމުގެ ރެކޯޑް ދެ ފަހަރެއްގެ މަތިން އާކޮށްފައެވެ. އެއީ 2018 އަދި 2019ވަނަ އަހަރުއެވެ.

ކަލާސް އެވޯޑް ހޯދާފައިވާ ހިމްނާވަނީ ބައިނަލަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށްފައެވެ. އޭޝިއަން ގޭމްސް، އޭޝިއަން ޔޫތް ޗެންޕިއަންޝިޕް، ވޯލްޑް ޖޫނިއަރ ޗެންޕިއަންޝިޕް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަދި ސައުތް އޭޝިއަން ގޭމްސް ފާހަގަކޮށްލެވެއެވެ. އަދި 2019ވަނަ އަހަރުގެ ސައުތް އޭޝިއަން ގޭމްސްގެ 400 މީޓަރު ދުވުމުގެ ފައިނަލް އިވެންޓްގައިވެސް ހިމްނާވަނީ ދުވެފައެވެ. ހިމްނާ އަކީ އެންމެ ފަހުން ބޭއްވި ގައުމީ އެތުލެޓިކް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓެވެ.