މުނިފޫހިފިލުވުން

ޝާހުގެ ފިލްމުގެ ސްކްރިޕްޓް ރާޖްކުމާރީ ހިރާނީ ނިންމާލައިފި


ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ދެކެވޭ އެއް ވާހަކައަކީ ޝާހުރުކްޚާނު ކުޅޭ ރާޖްކުމާރު ހިރާނީގެ ފިލްމުގެ ވާހަކައެވެ. ދާދިފަހަކާއި ޖެހެންދެން ކުރިއަށް ގެންދިޔައީ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތެވެ. ސްކްރިޕްޓްގެ ފަހުބަޔާއި މެދު ރާޖްކުމާރު މާބޮޑަށް ހިތްހަމަ ނުޖެހުނުކަމަށްވިޔަސް ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

ޝާހު މިހާރު ތައްޔާރުވަމުން އަންނަނީ ދެކުނުގެ ޑައިރެކްޓަރ އަތްލީގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތައް އަންނަ މަހު ފެށުމަށެވެ. ހިރާނީގެ އަންނަނީ މި މުއްދަތުގައި އެނާގެ ފިލަމަށް ބޭނުންވާ އިތުރު ކާސްޓުންގެ ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ޝޯޝަލް ޑްރާމާއެއްކަމަށްވާ މި ފިލްމުގައި ދައްކާނީ ހިޖްރަކުރުމާއި ބެހޭ މައްސަލަތަކެއްގެ ވާހަކައެވެ. މުޅި ފިލްމުގެ ބޮޑުބައެއް ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ކެނެޑާގައެވެ.
ޝާހުގެ އިތުރުން ތާޕްސީ ޕަންނޫވެސް ފެންނަ މި ފިލްމުގައި ޝާހު ފެންނާނީ ޕަންޖާބު ކެރެކްޓަރ އަކުންނެވެ. ފިލްމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.