23 އަހަރުން ދަށުގެ ގައުމީ ޓީމްގެ ފަރިތަކުރުންތައް ފަށައިފިއެވެ. 23 އަހަރުން ދަށުގެ ގައުމީ ޓީމް ފަރިތަކުރުންތައް ފަށާފައިވަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ރާއްޖެ ކުޅޭ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށެވެ. މިކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރައިން އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. މިގުރޫޕްގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައި ވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމާއި ކޮލިފައިންގައި ހިމެނޭ 11 ގްރޫޕުގެ ތެރެއިން 2 ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމެވެ.
ގައުމީ 23 އަހަރުން ދަށުގެ ޓީމްގެ ހެޑް ކޯޗަކަށް ހަމަޖައްސާފައި ވަނީ ސީނިއަރ ޓީމުގެ ކޯޗް ޢަލީ ސުޒޭންއެވެ. އަދި މިޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ސަބާހު މުޙައްމަދު އިބްރާހީމް އާއި ވެލެންސިއާ ކުރީގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޝާހިދު (ޝާޑު)އެވެ. މިދެ ކޯޗުންވެސް ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބްތަކަށް ކޯޗުކަން ކޮށްދީފައެވެ. މިވަގުތު ޓީމްގެ ފަރިތަކުރުންތައް ކުރިއަށްދަނީ އެސިސްޓެންޓް ކޯޗް ކޯޗު ސަބާހު މުހައްމަދު އިބްރާހީމް އާއި މުހައްމަދު ޝާހިދު (ޝާޑު)ގެ ބެލުމުގެ ދަށުންނެވެ. މީގެ ކުރިންވެސް ސުޒޭން ވަނީ 23 އަހަރުން ދަށުގެ ޓީމަށް ކޯޗު ކޮށްދީފައެވެ. އެއީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ ކޮލިފައިންގައި ވާދަކުރި ޓީމަށެވެ.
23 އަހަރުން ދަށުގެ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި 11 ގުރޫޕު ހިމެނޭއިރު، ކޮންމެ ގުރޫޕައަކުންވެސް އެއްވަނަ ޓީމު ދެވަނަ ބުރަށް ދަތުރުކުރާއިރު، މި 11 ގުރޫޕުގެ ތެރެއިން ދެން ދެވަނަ ބުރުން ޖާގަ ލިބޭނީ ދެވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 4 ޤައުމަކަށެވެ. ކޮލިފައިންގައި ރާއްޖެއާއެކު އެއް ގުރޫޕެއްގައި ހިމެނެނީ އީރާން، ބަހްރެއިން އަދި އަފްޣާނިސްތާންއެވެ. ރާއްޖޭގެ ފުރަތަމަ މެޗްގައި އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހު ނުކުންނާނީ އިރާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި 29ވަނަ ދުވަހު ބަހްރެއިންއާއި ދެކޮޅަށް ކުޅުމަށްފަހު ގުރޫޕުގެ ފަހު މެޗުގައި ރާއްޖެ ވާދަކުރާނީ އަފްޣާނިސްތާނާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ.