ކުޅިވަރު

ޗިކު އާއި އައުޝަން ހިމަނައިގެން ގައުމީ ބާސްކެޓް ސްކޮޑް އިޢުލާންކޮށްފި


ދެ އަހަރަށްފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިއާ އިބްރާހިމް ރަޝްވާން (ޗިކު) ހިމަނައިގެން ޤައުމީ ބާސްކެޓް ސްކޯޑް އިޢުލާންކޮށްފިއެވެ. ޤައުމީ ބާސްކެޓް ސްކޮޑް އިޢުލާންކޮށްފައިވަނީ ނޮވެންބަރު މަހުގައި ފެށުމަށް ހަމަޖެހިފައިވާ ސާބާ ޗެންޕިއަންޝިޕް ބާސްކެޓް ބޯޅަ މުބާރާތަށް ތައްޔާރުވުމެ ގޮތުންނެވެ. ދިވެހި ކޯޗިން ޓީމަކާއެކު މިފަހަރު ނިކުތް ގައުމީ ބާސްކެޓް ޓީމުން ގައުމީ ސްކޮޑް އެކުލަވާލުމަށް 3 ދުވަހުގެ ޓްރައި-އައުޓެއް ކުރިޔަށްގެންދިޔައެވެ. އެޓްރައި-އައުޓްއަށްފަހު ގައުމީ ސްކޮޑަށް ވަނީ 18 ކުޅުންތެރިން ނަގާފައެވެ. މިފަހަރުގެ ސްކޮޑަށް ނެގި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަފަކޮށްލެވުނީ 2018ވަނަ އަހަރު ކަކުލަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ކުޅުމާއި ގިނަ ދުވަސްތަކެއް ވަންދެން ދުރުގައި ހުރި އިބްރާހީމް ރަޝްވާން (ޗިކު)އަލުން ޓީމާ ގުޅުމެވެ.

2018ވަނަ އަހަރު ތްރީއޮންތްރީ މުބާރާތެއްގައި މޮންސްޓާސް އަށް ކުޅެނިކޮށް ޗިކުގެ ކަނާތު ކަކުލަށް ވަރަށް ބޮޑު ދެހާނީއްކަވިއެވެ. ކުޅިވަރުގައި ލިބޭ އެންމެ ސީރިއަސް އަނިޔާތަކުގެ ތެރޭގައި ހިމެނޭ ލިގަމެންޓުގެ ދެ ހާނިއްކައަށް ފަރުވާ ހޯދުމަށް އޭނާ ވަނީ އޮޕަރޭޝަން ކޮށްފައެވެ. މިއަނިޔާއާއި ގުޅިގެން ނޭޕާލްގައި ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ކުޅުމުގެ ފުރުސަތު ގެއްލުނެވެ. ޗިކު ވަނީ ހަވީރުން ހޮވި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިއާގެ މަގާމު 2015 ވަނަ އަހަރު ހޯދާފައެވެ.

ގިނަ ދުވަސްތަކަކަށް ފަހު އެކުލަވާލި ގައުމީ ސްކޮޑުން ވަނީ އާންމުކޮށް ގައުމީ ޓީމުން ޖާގަ ހޯދަމުންއާއި އިސްމާޢީލް ވިލްދާން ވަނީ އަލުން ގައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ. ވިލްދާންއަށް ގައުމީ ސްކޮޑުން ޖާގަ ގެއްލުނީ އެންމެ ފަހުން ކުޅުނު ސައުތު އޭޝިއަން ގޭމްސްއަށް ދިޔަ ޓީމުންނެވެ. މިޓީމުން އިތުރަށް ޖާގަ ހޯދާފައިވަނީ ނިމިގެންދިޔަ ސައުތު އޭޝިއަން ގޭމްސްގައި ހޭންޑް ބޯލް ޓީމާއެކު އެމުބާރާތުގައި ކުޅުނު އިސްމާޢީލް ފަރުހާން އާއި ރިޝްވާން ރަޝާދުއެވެ. އަދި އަޙުމަދު ޢަލީ މުސްތަފާވެސް ވަނީ ގިނަ އަހަރުތަކަކަށްފަހު ގައުމީ ސްކޯޑުން ޖާގަ ހޯދާފައެވެ. މީގެ އިތުރުން 2015ވަނަ އަހަރަށް ފަހު އަޙުމަދު އައުޝަން ޤައުމީ ސްކޮޑުން ޖާގަ ހޯދާފައެވެ. އަހުސަން އެންމެ ފަހުން ޤައުމީ ޓީމުގައި ހިމެނިގެން ކުޅެފައިވަނީ 2015ވަނަ އަހަރު ރީޔޫނިއަންގައި ކުރިއަށްދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައެވެ. ދެން ސްކޮޑްގައި ހިމެނިފައި ވަނީ އެންމެ ފަހުން އެކުލަވާލި ގައުމީ ޓީމުގައިވެސް ހިމެނިގެން ގޮސްފައިވާ ކުޅުންތެރިންނެވެ. އެއީ އެންމެ ފަހުން ކުޅުނު ސައުތު އޭޝިއަން ގައުމީ ޓީމުގައި ހިމެނިގެން ކުޅެފައިވާ ކުޅުންތެރިންނެވެ.

މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުންވަނީ ޤައުމީ ބާސްކެޓް ޓީމުގެ ކޯޗިން ސްޓާފުންނަށް ހަމަޖައްސާފައިވަނީ ހުސް ދިވެހި ކޯޗުންނެވެ. ހެޑް ކޯޗަކަށް އިލްޔާސް ހަމަޖައްސާފައިވާއިރު، އިލްޔާސާއެކު އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާނީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލް އާއި ޤައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލީ އާއި މުޙައްމަދު ނަސީރުއެވެ. މިއީ މިހާތަނަށް ގައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.