ޚަބަރު

ސުޒެއިން ކޯވިޑް-19އަށް ފައްސިވެއްޖެ


ގައުމީ ކޯޗް އަލީ ސުޒޭން ކޯވިޑް-19އަށް ފައްސިވެއްޖެއެވެ. ގައުމީ ކޯޗް ޢަލީ ސުޒޭން ކޯވިޑް-19އަށް ފައްސިވެފައިވާއިރު، ގައުމީ ޓީމް ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް މާދަމާ ގައުމީ ޓީމް ގަތަރަށް ކޭންޕް ކުރުމަށްވަނީ ހަމަޖެހިފައެވެ. ސުޒޭން ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން ކޭންޕުގައި ބައިވެރިވާނީ ފަހުންނެވެ. މިގެ ދެ ދުވަހެއް ކުރިން ސުޒޭންގެ ފަރާތުން ކޯވިޑް-19ގެ ސިމްޓަމްސްތައް ފެނުމާއެކު ހެދި ޓެސްޓުން ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސްވަނީ ކޯވިޑް-19އަށް ޓެސްޓްކޮށްފައެވެ. ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ނެގެޓިވް ވީނަމަވެސް، ރާއްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވަނީ އަންގާފައެވެ. ސުޒޭން ކޯވިޑް-19އަށް ފައްސިވެފައިވާއިރު، ސުޒޭންވަނީ ކޯވިޑް-19ގެ ދެ ޑޯޒް ވެކްސިންވެސް ފުރިހަމަކޮށްފައެވެ.

ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއިން ނެރެފައިވާ ދަށް ނަތީޖާތަކުގެ ސަބަބުން އެފްއޭއެމްއިން ވަނީ ޤައުމީ ޓީމުގެ ކޯޗު މާޓިން ކޫޕްމަންގެ ކޮންޓްރެކްޓް ވާހަކަ ދެއްކުމަށްފަހު އުވާލާފައެވެ. ދިވެހި ކޯޗުންގެ ތެރެއިން ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗް އަލީ ސުޒޭނާއެކު ގައުމީ ޓީމްގައި މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ އެސިސްޓަންޓް ކޯޗަކީ އިސްމާއިލް މަހަފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުޙައްމަދާއި އަސްލަމް ޢަބްދުއްރަހީމްއެވެ. އަދި ޓީމު ޑޮކްޓަރަކީ ޢަބްދުﷲ ރާފިއު (ރާއްޕެ)އެވެ.

ގައުމީ ޓީމުގެ އެސިސްޓްންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ޢަލީ ސުޒޭން ވަނީ މިދިޔަ ޖޫންމަހުގައި ކުރިއަށްދިޔަ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކޯޗް މާޓިން ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ދާދިފަހުން ސުޒޭން ވަނީ ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ހެޑްކޯޗަކަށްވެސް ހަމަޖައްސާފައެވެ. މީގެ ކުރިންވެސް ސުޒޭން ވަނީ 23 އަހަރުން ދަށުގެ ޤައުމީ ޓީމަށް ކޯޗްކޮށްދީފައެވެ. ސުޒޭން ވަނީ ރާއްޖޭގެ ގިނަ ކުލަބްތަކަކަށްވެސް ކޯޗްކޮށްދީފައެވެ. އެގޮތުން މާޒިޔާ އަދި ވިކްޓްރީ ސްޕޯޓްސް ކުލަބް ފާހަގަކޮށްލެވެއެވެ. މީގެ ތެރެއިން ސުޒޭންވަނީ ވިކްޓްރީ ސްޕޯޓްސް ކުލަބްގައި ގިނަ ކާމިޔާބީތަކެއް ވެސް ހާސިލްކޮށްފައެވެ.