ޚަބަރު

މަސްތުވާތަކެއްޗާއެކު ލަންދޫން މީހަކު ހައްޔަރުކޮށްފި


ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ނ.ލަންދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  20 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ނ.މަނަދޫ ޕޮލިސް ސްޓޭޝަނާއި ނ.ލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ އާދީއްތަ ދުވަހު ކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގޭގައި މީހުން ނޫޅޭ ކޮޓަރިއެއްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވެއެވެ. އަދި ފުލުހުންގެ ތަހުޤީޤަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި މައްސަލައާއި ގުޅުންހުރި އިތުރު ގެއެއް ބަލައިފާސްކޮށްފައިވާއިރު އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 130 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާއިރު މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓަވައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.މިމައްސަލަ ނ. މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.