ޚަބަރު

ޤާނޫނީ ވަކީލު ޝަމީމްގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި


ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންގެވުމަކަށް ޤާނޫނީ ވަކީލް ޙުސައިން ޝަމީމްގެ މައްސަލައެއް ބައްލަވަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސުން ހާމަކުރައްވައިފިއެވެ. 

ކުރީގެ ނާއިބް ރައީސް އަޙުމަދު އަދީބްގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމްގެ މައްސަލައެއް ބައްލަވަމުން ގެންދެވިނަމަވެސް އެ މައްސަލައާބެހޭ އެއްވެސް ތަފްޞީލެއް  ފުލުހުން ހާމަކުރައްވާފައެއް ނުވޭއެވެ. 

ޝަމީމްގެ މައްސަލައެއް ފުލުހުން ބައްލަވަމުން ގެންދަވާއިރު މިދިޔަ މަހުން ފެށިގެން ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެނާ ވަނީ ސަސްޕެންޑް ކުރައްވާފައެވެ.