އޮލިވިއޭ ޖިރޫގެ ހެޓްރިކުން އޮލިމްޕިއާކޯސްގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން އާސެނަލް ޖާގަ ހޯދައިފިއެވެ.ރޭ އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މެޗް އާސެނަލް ކާމިޔާބުކުރީ ތިން ލަނޑު ސުން ލަނޑުންނެވެ. މެޗްގައި އާރސެނަލްގެ ތިން ލަނޑުވެސް ކާމިޔާބުކޮށްދިނީ ފޯވާޑް އޮލިވިއޭ ޖިރޫއެވެ. އޭނާ ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ފަހު ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެެކެވެ. މިއީ ޖިރޫ އާރސެނަލްއަށް ބަދަލުވިފަހުން އެ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކްކަން ފާހަގަކޮށްލެވެއެވެ. ރޭގެ މެޗުން މޮޅުވެ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި އާރސެނަލްވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިން އާރސެނަލް ވިދިވިދިގެން ޖާގަ ހޯދި ސޯޅަވަނަ ފަހަރެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅައިން ޖާގަ ހޯދާފައިވަނީ ރޭ ޑައިނަމޯ ޒަގްރަބްގެ މައްޗަށް ދެ ލަނޑު ސުން ލަނޑުން ކުރި ހޯދި ބަޔާން މިޔުނިކެވެ. ބަޔާން މިޔުނިކް ގްރޫޕްގެ އެއްވަނާގައި އޮތީ ފަނަރަ ޕޮއިންޓާއެކުގައެވެ. އާރސެނަލް ދެވަނާގައި ނުވަ ޕޮއިންޓާއެކު އޮތްއިރު ތިންވަނާގައި އޮތް އޮލިމްޕިއާކޯސްއަށްވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެހެންނަމަވެސް ގޯލްގެ ތަފާތުން ދެވަނަ އާރސެނަލްއަށް ލިބޭއިރު ތިންވަނަ ލިބުނު އޮލިމްޕިއާކޯސް ދެން ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުގެ ނަތީޖާތައް:ގްރޫޕް އީބަޔާ ލެވަކޫޒެން 1-1 ބާސެލޯނާއޭއެސް ރޯމާ 0-0 ބޭތް ބޮރިސޯގްރޫޕް އެފްޑައިނަމޯ ޒަގްރެބް 0-2 ބަޔާން މިޔުނިކްއޮލިމްޕިއާކޯސް 0-3 އާސެނަލްގްރޫޕް ޖީޑައިނަމޯ ކިއޭވް 1-0 މެކަބީ ޓެލް އަވީވްޗެލްސީ 2-0 ޕޯރތޯ ގްރޫޕް އެޗްވެލެންސިޔާ 0-2 އޮލިމްޕިކް ލިޔޯންގެންޓް 2-1 ޒެނިތް